ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. ދުވާފަރު ސްކޫލްގައި އިތުރު ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް: އެމްޓީސީސީ

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ދުވާފަރު ސްކޫލްގައި އިތުރު ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެކްސްޓާނަލް ޕްލާސްޓަރިންގެ މަސައްކަތްތައްކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

ދުވާފަރު ސްކޫލް ހިމެނޭހެން 18 ރަށެއްގެ ސްކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ތިން ކުންފުންޏަކާއި ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. ދުވާފަރު ސްކޫލްގައި ހަތަރު ކްލާސްރޫމް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއަށެވެ. މި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖުމްލަ 114.9 މިލިއަން ރުފިޔާއަށް އަރާ ކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ކުރިން ހާމަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: