ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހިތަދޫ ފްލެޓް ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ފޮޓޯ: އެމް.އެން.ޑީ.އެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީ ހިތަދޫ ފްލެޓް ސަރަހައްދުގައި ހުރި ހުސްބިމެއްގައި ހުރި ކުނިތަކެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ފްލެޓް ސަރަހައްދުގައި އޮތް ހުސްބިމެއްގައި ޖަމާވެފައި ހުރި ކުނިތަކެއްގައެވެ. މި ހާދިސާގެ ރިޕޯޓު މިއަދު ހެނދުނު 09:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 09:21 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކުނި އެޅުމާއި ނައްތާލުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: