ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޗެއާޕާސަންކަމަށް ރައީސް ނަޝީދު ގެންނަން ފައްޔާޒް މަސައްކަތް ފައްޓަވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ ފުރަތަމަ ޗެއާޕާސަންގެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ މަގާމަށް ގެނައުމުގެ މަސައްކަތް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފައްޓަވައިފިއެވެ.

މިކަން ހާމަކުރެއްވީ ”ބޮޑު ބަދަލު“ މި ނަމުގައި ރައީސް ނަޝީދާއި ފައްޔާޒް އިސްމާއިލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް އައުމަށް އެމަނިކުފާނު މިހާރު ނިންމަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އަލުން އެ މަގާމަށް ގެނައުމަށް ފައްޔާޒް އިސްމާއިލް އިސްވެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފައްޔާޒް ވެސް ވަނީ މި ބައްދަލުވުމުގައި ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެމަނިކުފާނުގެ ސިޔާސީ ފިކުރު ކަމަށެވެ. މި ބަދަލާއެކު އެމްޑީޕީގެ އެތެރޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވީ ވަގުތީ ގޮތުން އެ މަގާމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެވެ. އޭނާގެ ކުރިން އެ މަގާމުގައި ހުންނެވީ ފައްޔާޒް އިސްމާއިލްއެވެ. މި އާ ހަރަކާތަކީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެދުގައި އޮތް ފަރަގު ކުޑަކޮށް، ކުރިއަށް އޮތް އިންތިޚާބުތަކަށް އެކުގައި ކުރިމަތިލުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: