ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2028 އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ފައްޔާޒްއަށް ނަޝީދު ތާއީދުކޮށްފި!

ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ ”ބޮޑުބަދަލު“ގެ ނަމުގައި ރައީސް ނަޝީދާއި ފައްޔާޒް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފައްޔާޒް އިސްމާޢީލަށް ތާއީދުކުރައްވާކަން އިއުލާން ކުރައްވާފައެވެ. .

2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކާ މެދު އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބަހުސްތަކާއި  އުފެދިފައިވާ މި ދަނޑިވަޅުގައި، މީގެ ކުރިން އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް އަޑުފެތުރިފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި މުޙައްމަދު ނަޝީދުއެވެ. ނަމަވެސް، ރައީސް ނަޝީދު މިހާރު ތާއިދު ކުރައްވަނީ ފައްޔާޒް އިސްމާޢީލަށް ކަމަށް ކަމަށްވުމާއިއެކު ޕާޓީގެ ތެރޭގައި އޮތް ނުތަނަވަސްކަމަށް ހައްލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ރައީސް މުޙައްމަދު ނަޝީދަކީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓި-ޕާޓީ ޑިމޮކްރެޓިކް އިންތިޚާބުން ހޮވިވަޑައިގަތް ފުރަތަމަ ރައީސެވެ. މީގެ އިތުރުން، އެމަނިކުފާނަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު އަދާކުރެއްވުމުގެ އިތުރުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރުގައި އެ ޕާޓީގެ ރައީސްކަންވެސް ކުރެއްވި ބޭފުޅެކެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: