ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މައިމޫން ޝަރުތުތަކަކާއެކު ދޫކޮށްލައިފި

maimoon
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބަންދަށް ގެންދިޔަ އެ ޕާޓީގެ އެކްޓިވިސްޓް މައިމޫން މުހައްމަދު، ބައެއް ޝަރުތުތަކާއެކު މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި، އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ރޭގެ އެއްވުމުން ދެ މީހަކު ހައްޔަރުކުރިއެވެ.

އެއީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ނައިބު ރައީސް މައިމޫން މުހައްމަދު (30އ) އާއި، ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު (ވާވާ، 49އ) އެވެ.

މީގެ ތެރެއިން އަބްދުﷲ ރަޝީދު ކޯޓަށް ހާޒިރުކުރުމުގެ ކުރިން ފުލުހުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، މައިމޫން ބަންދުން ދޫކޮށްލާފައި ވަނީ މިއަދު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ކޯޓުން އޭނާ ދޫކޮށްލީ ވަކި ޝަރުތުތަކެއްގެ މަތިން ކަމަށްވިޔަސް، އެއީ ކޮން ޝަރުތުތަކެއްކަން އަދި ސާފެއް ނުވެއެވެ.

ސަރުކާރަށް 12 ކަމަކަށް ޑިމާންޑްކޮށް، އެމްޑީޕީން މާލޭގެ މަގުތަކަށް ނުކުމެ ސިލްސިލާ އިހުތިޖާޖުތައް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެންނެވެ.

މި އެއްވުންތަކުގައި އެމްޑީޕީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕީއެންއެފްގެ ސަޕޯޓަރުންވެސް އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި އެއްވުމުގައި ދެ ޕާޓީގެ އެކްޓިވިސްޓުން ގުޅިގެން ވަނީ އަޑުއުފުލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: