ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހެއްގެ ކަރަށް ހަމަލާދީ ޒަޚަމުކޮށްލި މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާގެ ބަންދަށް 7 ދުވަސް

ކަރު ޒަޚަމްކޮށްލި މައްސަލައިގަ ހައްޔަރުކުރި މީހާ: ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބަންގްލަދޭޝް މީހެއްގެ ކަރު ޒަހަމުކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރު 1:08 ހާއިރު ކަމަށެވެ.

މި ހަމަލާދީފައި ވަނީ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ހޮޓަލެއްގެ ތެރޭގައިކަމަށް މައުލޫމާތު ލިބެއެވެ.

ހަމަލާގެ ތުހުމަތުގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މި މައްސަލައިގެ އިތުރު ތަފްސީލު ހޯދުމަށް ތަހުގީގު ކުރިއަށް ގެންދަމުންނެވެ. ޒަހަމްވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: