ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ޖުމްލަ އެސެޓް ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ

ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް ބޭންކުން ނެރުނު މިއަހަރުގެ ފުރަތަމަ ކުއާޓަރ ރިޕޯޓުން ދައްކައިފިއެވެ. މިއީ ބޭންކުގެ ދިގު ތާރީހުގައިވެސް ޖުމްލަ އެސެޓް މި މިންވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.

ފުރަތަމަ ކުއާޓަރ ރިޕޯޓުގައި ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ކުއާޓަރ ނިމުނު އިރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ 2025 ވަނަ އަހަރު ނިމުނުއިރު އެސެޓްގެ އަގު ހުރި 55.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ދެމެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ ކުއާޓަރގައި ކަސްޓަމަރުން ބޭންކަށް ޖަމާކުރި ފައިސާގެ ޖުމްލަ އަދަދު 40.7 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ހިއްސާއަކީ ބޭރު ފައިސާއިން ޖަމާކޮށްފައިވާ އަދަދުކަން ބޭންކުން ފާހަގަކުރެއެވެ.

މާލީ ނަތީޖާއަށް ބަލާއިރު، ވޭތުވެދިޔަ ކުއާޓަރގައި ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 631 މިލިއަން ރުފިޔާއެވެ. މިއީ ވޭތުވެ ދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ.

ވޭތުވެ ދިޔަ އަހަރަކީ ބޭންކުގެ 43 އަހަރުގެ ދިގު ތާރީހުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި އަހަރެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރގައިވެސް ބޭންކުން ވަނީ އެ ހަރުދަނާ ނަތީޖާ ދަމަހައްޓައި، ބޭންކަށް ދުވަހުން ދުވަހަށް ލިބެމުން އަންނަ ހަލުވި ކުރިއެރުން ސާބިތުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: