ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޔޫ ދަނާލުގައި އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ބަލަނީ

ދަނާލް / ފޮޓޯ: އެމްއެންޔޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަނާލުގައި އުޅެމުންދިޔަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު ރޭ ދަންވަރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މާލޭގައި ހުންނަ އެމްއެންޔޫގެ ދަނާލުގައި ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ސިފައިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަޙުޤީޤު ފަށާފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދަނާލުގައި އުޅޭ ކުއްޖަކު ނިޔާވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތަޙުޤީޤު ނިމުމުން އިތުރު މަޢުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ޤައުމީ ޔުނިވާސިޓީ ކައިރީގައި ހުންނަ ދަނާލުގައި ތިބެނީ އެ ޔުނިވާސިޓީގައި ކިޔަވާ ކޯސްތަކުގެ ދަރިވަރުން އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: