ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ރައްދު އިމްރާނަށް: އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުމަކީ ރާއްޖޭގެ ރީތި ނަން ކިނލަބުވާނެ ކަމެއް

މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ މަގުމަތީގައި ބިކިނީގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވުނު ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރީ ގޯސްކޮށް ކަމަށް ނުދެންނެވޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް ރައްދުދެއްވައިފިއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، ފުލުހުންނަށް އެ އަށް ވުރެ ރަނގަޅަށް އެ ހާލަތް ކޮންޓްރޯލް ކުރެވިދާނެ ކަމަށާއި އެހެން އެކަން ނުވީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް، ސަލާމަތީ ނަޒަރުން ބަލާއިރު ފުލުހުން އަމަލު ކުރީ ވަރަށް ގޯސްކޮށް ކަމަށް ނުދެންނެވޭނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

https://twitter.com/MohamedNasheed/status/1226332915102969858?

”އަޅުގަނޑުމެންނަކީ ޓޫރިސްޓުންނަށް ސެކިއުރިޓީ ކަށަވަރު ކޮށްދޭން ޖެހޭ ބައެއް. އަދި އެކަން ޕްރޮމޯޓް ކޮށްދެން ޖެހޭ މުއައްސާސެއްގެ ގޮތުން ދެރަވަން މިހެން ކަންތައްތައް ވީތީ،“ އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރ އިމްރާންގެ ވާހަކަފުޅަށް ރައްދު ދެއްވާ ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށީގައި ފަތުރުވެރިޔަކު ހައްޔަރު ކުރީ ގޯހުން ނޫންކަމަށް ދެކެވޭ ކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުމާއި، މިފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ކިނލަބުވާ ޓްއަރިސްޓް ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަން ކަމަށެވެ.

”ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުމާއި، މިއެންމެ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ކިނލަބުވާ ޓްއަރިސްޓް ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަން.“ ނަޝީދު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މާފުށީގައި ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރިގޮތުން މަޢާފަށް އެދިވަޑައިގެންފައެވެ. އަދި ފުލުހުން އެކަމުގައި އަމަލު ކުރިގޮތް ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

އެ ހާދިސާއަށް ބޭރުގެ މީޑިއާތަކުގެ ސަމާލުކަން ވެސް ލިބުނެވެ. އެކަމަކު އެ ޚަބަރުތަކަށް ޚިޔާލު ހުށައެޅި ގިނަ މީހުން ދެކޭ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުން، ގައުމުގެ އާއްމު ގާނޫނާއި ގަވައިދުތަކަށް އިހްތިރާމް ކުރަން ޖެހޭނެ އެވެ. އަދި ދިވެހިރާއްޖެއަކީ އިސްލާމީ ގައުމެއް ކަމުން ދީނީ، އިޖުތިމާއި އަދި އަހުލާގީ މިންގަނޑުތަކަށް ވެސް ފަތުރުވެރިން އިޚްތިރާމްކުރަންޖެހޭނެ ކަމަށް ބުނެ ވެސް މީހުން ވަނީ ޚިޔާލުފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: