ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޯޝުގައި ނުޖެހި ޕްރައިމަރީ ނިންމާލެވުމަކީ ކާމިޔާބީއެއް: ޣައްސާން

ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީ ޖޯޝުގައި ނުޖެހި ނިންމާލެވުމަކީ ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން މި ދަނޑިވަޅުގައި ވެސް ދައްކަމުން ގެންދާ ރޫހަށް އައްސަރިބަހާއި ސާބަސް ދަންނަވަ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން 1،146 ކެނޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

https://twitter.com/mgmaumoon/status/1225870510287777792

ޕީޕީއެމްއިން ކައުންސިލް އިންތިހާބުގައި 74 ދާއިރާއެއްގެ ޕްރައިމަރީ ވަނީ ބާއްވާފައެވެ. އެއީ 14 އަތޮޅު ކައުންސިލަކާއި 54 ރަށު ކައުންސިލެއްގެއެވެ. އަދި މި ޕްރައިމަރީގައި ޖުމްލަ 134 ވޯޓު ފޮށި ވަނީ ބެހެއްޓިފައެވެ.

ޕީޕީއެމްއިން ހުކުރު ދުވަހު އެޕާޓީގެ ޕްރައިމަރީ ބާއްވާފައިވާއިރު މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ވަނީ އެޕާޓީގެ ޕްރައިމަރީ ބާއްވާފައެވެ. އަދި އިއްޔެ އެޕާޓީން ވަނީ ބާތިލްކުރި ގއ. އަތޮޅުގެ ޕްރައިމަރީ ބާއްވާފައެވެ.

މީގެއިތުރުން ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕްރައިމަރީ މި މަހުގެ 12ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: