ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުގެ އަންހެން ކުއްޖާ ނިޔާވި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުން!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާ، ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންކަމަށް ފުލުހުން ހާމަކޮށްފިއެވެ.

2026 އޭޕްރީލް 20 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން، އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ހާދިސާގެ ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ މަރުހޫމްގެ އާއިލާއަށް ލިބޭ ހިތްދަތިކަން އިތުރުވެ، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

އެހެންކަމުން، މިފަދަ ދަނޑިވަޅެއްގައި ކަމުގެ ހަގީގަތް ބެލުމެއް ނެތި މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: