ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮކާކޯލާ ޔޫރޯ 2020 ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި!

ނަސީބުވެރިން ހޮވުމުގެ ތެރެއިން | ފޮޓޯ: ކޮކާ ކޯލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮކާކޯލާއިން ކުރިއަށްގެންދާ ޔޫއީއެފްއޭ ޔޫރޯ 2020 ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި އެވެ.

އެގޮތުން، ކޮކާ ކޯލާ އާއި، މޯލްޑިވްސް ސޮކާ މޭޓްސްގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމްކޮށްގެން މީގެ ދެ ހަފްތާ ކުރިން ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު ”ލެޖެންޑްސް ކަޕް“ ފުޓްބޯޅަ މެޗު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ކޮކާކޯލާގެ ޖެނެރަލް މެނޭޖާރ އޮފް އޮޕެރޭޝަންސް މިލިން ދެރްސާރީ ފަސްތަވައިދެއްވި މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ އައިފޯން 11 ލިބިފައިވަނީ 7639183 މި ނަމްބަރުގެ ގެ ވެރިފަރާތަށެވެ.

މި ޕްރޮމޯޝަންގެ ދަށުން، ޔޫއިއެފްއޭ ވީކްލީ ޓިކެޓް ހޯދި ފުރަތަމަ ބައިވެރިޔާއަކީ 9538508 މި ނަމްބަރުގެ ވެރިފަރާތެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ރަން ކުލައިގެ މަތިގަނޑު ޖަހާފައި ހުންނަ ކޮކާ ކޮލާގެ 300 އެމްއެލާއި 500 އެމްއެލްގެ އިތުރުން 1.25 ލީޓަރުގެ ފުޅީގެ މަތިގަނޑުގައިވާ ނަންބަރު 2626 އަށް އެސްއެމްއެސް ކޮށްގެން ކަމަށް ކޮކާ ކޯލާ އިން މައުލޫމާތުދެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިހަ މީހަކަށް އެ މީހުން ބޭނުންވާ އިތުރު އެކަކު ގޮވައިގެން އަޔަލޭންޑުގެ ޑަބްލިންގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯގެ 44 ވަނަ މެޗު އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރުމަކާއި ނުލައި ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޭގެ ތެރެއިން، އެއް ނަސީބުވެރި ފަރަތަކީ، ވިކްލީ ޓިކެޓް ލިބުނު ފުރަތަމަ ބައިވެރިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: