މީސްމީޑިއާގައި ދައުރުވަމުންދާ ކުޑަކުދިން ހިމެނޭ ވީޑިއޯ އެއްވެސް ފަރާތަކުން ޙިއްޞާކޮށްފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މިނިސްޓްރީއަށް އެ ވީޑިއޯ ލިބިފައިވަނީ އިއްޔެ މީސްމީޑިއާ މެދުވެރިކޮށް ކަމަށާއި އެ ވީޑިއޯ އެއްވެސް ފަރާތަކުން މިނިސްޓްރީއާ ޙިއްޞާކޮށްފައި ނުވާ ކަމަށެވެ.
ފުލުހުންނާއެކު ތަޙުޤީޤު ކުރެވެމުންދާ މައްސަލައަކަށް ހުރަސްއެޅޭ ފަދަ ގޮތްގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ވެސް އެ ޓްވީޓްގައި މިނިސްޓްރީން ވަނީ އިލްތިމަސްކޮށް އެދިފައެވެ.
https://twitter.com/MoGFSSmv/status/1226415119493558272?
ޖެންޑާއިން މި ގޮތަސް ޓްވީޓު ކުރި އިރު، ކުޑަ ދެ ކުއްޖަކު، އުމުރާ ނުގުޅޭ އަމަލެއް ހިންގާ މަންޒަރު ވީޑިއޯކޮށް މީސްމީޑިއާގައި އާއްމުކުރި މީހަކު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދެ ކުދިން އެނގޭ ގޮތަށް ވީޑީއޯކޮށް، އެ ކުދިންނަށް އިތުރު އަނިޔާ އަށް ހުށަހެޅޭގޮތަށް ބޭޒާރުކޮށްލި މައްސަލަ ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ވީޑިއޯ ވައިރަލްކުރި މީހަކު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސޯޝަލްމީޑިއާ އަށް މި ވީޑިއޯ ދޫކޮށްލުމާ އެކު ގިނަ ބަޔަކު ޝެއާކޮށް، ހިޔާލުފާޅުކުރަމުން ދިޔަ އެވެ. އެކަކު ތުހުމަތުކުރި ގޮތުގައި މި މަހުގެ ކުރީކޮޅު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި އެ މައްސަލައިގެ ވީޑިއޯ ލީކުވީ މިނިސްޓްރީ ތެރެއިންނެވެ. އެ ތުހުމަތު މިނިސްޓްރީން ދޮގު ކުރެ އެވެ.

