ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިޔާގެ ކިބައިން ނަޝީދު މަޢާފަށް އެދިވަޑައިގަތް މައްސަލަ ބަލާ!: ސަލަފް  

ޝައިހް އަބްދުﷲ ބިން ޖަނާބް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީގައި  ބިކިނީގައި އުޅުނު، މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވުނު ފަތުރުވެރިޔާ ފުލުހުން ހައްޔަރުކުރުމާއި ގުޅިގެން އޭނާގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރައީސް، ރައީސް މުހައްމަދު ނަޝީދު މަޢާފަށް އެދިވަޑައިގެންނެވި މައްސަލަ ބެލުމަށް ޖަމިއްޔަތުއް ސަލަފުން ގޮވާލައިފިއެެވެ.

އެ ޖަމިއްޔާއިން މިގޮތަށް ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި، އިއްޔެގެ ޖަލްސާގައި ފަތުރުވެރިޔާގެ ކިބައިން ނަޝީދު މަޢާފަށް އެދިވަޑައިގަތުމުންނެވެ.

ސަލަފްގެ ރައީސް ޝައިހް އަބްދުﷲ ބިން ޖަނާބް ވިދާޅުވީ ރާއްޖޭގެ ގާނޫނާއި އިޖްތިމާއީ ފޭރާމަށް ގޮންޖަހަމުން ދިޔަ ފަތުރުވެރިޔާގެ ކިބައިން މަޖިލީހާއި ފުލުހުންގެ އިދާރާއިން މައާފަށް އެދުނު މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

ފުލުހުން އަންހެން މީހާ ހައްޔަރުކުރުމުގައި އަމަލުކުރި ގޮތަށް ތައުރީފު ކުރައްވައި ޝައިޚް އަބްދުﷲ ވިދާޅުވީ، އެ މައްސަލަ ގައުމީ ފެންވަރުގައި ބެލެންޖެހޭ ކަމަށެވެ. އަދި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުން ދޭންޖެހޭ ވަރަށް ވުރެ ބޮޑަށް ދޫދިނުމަށްފަހު ކަމަށްވެސް ޝައިޙް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އަންހެން ފަތުރުވެރިޔާ، ފުލުހުން ހައްޔަރުކުރީ މާފުށީގެ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއްގައި، މަސްތުގެ ހާލަތުގައި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި، އޭނާ ހައްޔަރުކުރުމުގެ ކުރިން އެތައް ފަހަރަކު ފުލުހުން ނަސޭހަތްތެރިވެ، ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުތައް ހަނދާންކޮށްދިނެވެ.

ނަމަވެސް، އެވާހަކަތަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ.

ދެން ފުލުހުން މަސައްކަތްކުރީ، ފޮތިގަނޑަކުން އޭނާ ނިވާ ކުރުމަށެވެ. ފުލުހުން އެކަންކުރަން އުޅުމުން މަސައްކަތް ކުރުމުން ވަނީ ގަދަކަން ދައްކައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައެވެ. އެހެންވެ އެންމެ ފަހުން ފުލުހުން އޭނާ ހައްޔަރުކުރަން ޖެހުނީ ގަދަކަމުންނެވެ.

ރައީސް ނަޝީދުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ނަޒަރުގައި ފުލުހުން އަންހެން ފަތުރުވެރިޔާ ހައްޔަރުކުރުމުގައި އަމަލުކޮށްފައި ވަނީ މުޅިން ގޯސްކޮށް ކަމަށް ވިދާޅުވި ނަމަވެސް، ހޯމް މިނިސްޓަރ އިމްރާން ވަނީ އެހާލަތުގައި ފުލުހުން އަމަލުކުރި ގޮތް  މާ ގޯސް ކަމަށް ބުނެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ހައްޔަރުކުރި ފަތުރުވެރިޔާ އަކީ ޓްރެވެލް ބްލޮގާ ސިސީލިއާ ޖެސްޓެބެސްކާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: