ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ހާލަތުގައި ވެސް ބޭނުންކުރެވޭ ފެންވަރަށް މާމިގިލި އެއާޕޯޓު ތަރައްގީކުރަނީ!

އދ. މާމިގިލީ ޑޮމެސްޓިކް އެއާޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މައި ދޮރޯށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާލަތެއް ދިމާވެ، ފްލައިޓް ޖެއްސުން މަޑުޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭނެ ފެންވަރަށް އދ. މާމިގިލީ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކޮށް، މުޅިން އާ ރަންވޭއެއް އެތަނުގައި އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިލާ ގުރޫޕްގެ ބާނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ވިލާ ފައުންޑޭޝަނަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ވިލާ ކޮލެޖްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

18 ވަނަ މަޖިލީހުގައި ރައީސްކަން ވެސް ކުރެއްވި، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ، ރާއްޖެއަކީ ވަރަށް ބޮޑަށް ވައިގެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ގައުމަށްވާއިރު ރާއްޖޭގެ މައި އެއާޕޯޓަށް ފްލައިޓް ނުޖެއްސޭފަދަ ހާލަތެއްގައި ބޭނުން ކުރެވޭނެ އެއާޕޯޓެއް އޮންނަންޖެހޭ ކަމަށާއި އެފަދަ އެއާޕޯޓެއްގެ ގޮތުގައި މާމިގިލީގައި ވިލާ އެއާއިން ތަރައްގީ ކޮށްފައިވާ އެއާޕޯޓު ހަދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މާމިގިލީ އެއާޕޯޓަކީ އެގޮތަށް ތަރައްގީކުރާ އެެންމެ ރައްކާތެރި އެއާޕޯޓަށް ވެގެންދާނެ ކަމަށާއި އެއީ އިގްތިސާދީ ނަޒަރުން ބަލާ ނަމަވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

”އިންސާނިއްޔަތަށްޓަކައި ވެސް ކުރެވޭ ވަރަށް މުހިންމު މަސައްކަތަށް އެކަންވާނެ.“  ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި މާމިގިލީގައި އެފަދަ ރަންވޭއެއް ހެދުމުގެ ހުއްދަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްވި ކަމަށާ ނަމަވެސް އެކަން އޭރު ނުވީ ސަރުކާރުން ފަހުން އެކުންފުންޏަށް ވަރަށް ބޮޑަށް ދަތިކުރަން ފެށުމުންނެވެ.

ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި މާމިގިލި އެއާޕޯޓު އިންޓަނޭޝަނަލް ކޮށްދެއްވައި، އެއާޕޯޓްގެ ނަން ބޯޑު ކަޝްފުކޮށްދެއްވިއެވެ.

ނަމަވެސް، ރައީސް ޔާމިންގެ ވެރިކަމުގައި ވަނީ، ވިލާ އެއާ އިން ހިންގަމުން އަންނަ ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ނެގުމާއި ގުޅިގެން ދިމާވި މާލީ ގޮންޖެހުންތަކުގެ ސަބަބުން، މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓު ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: