ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާވައިރަހުގައި މަރުވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް!

ޗައިނާގެ ވޫހާންގައި ކާ އެއްޗެހި ގަތުމަށް މީހުން ކިޔޫ ހަދާފައި -- ފޮޓޯ: ރޮއިޓާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު  1016 އަށް އަރައިފިއެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން އިއްޔެ 108 މީހަކު ވަނީ މަރުވެފަ އެވެ. މިއީ ފާއިތުވި ދުވަސްތަކުގައި މީހުން މަރުވި އަދަދާ ބަލާއިރު ނިސްބަތުން ގިނަ އަދަދެކެވެ.

މިދިޔަ އާދީއްތަ ދުވަހު މި ބަލީގައި މަރުވެފައި ވަނީ 97 މީހުނެވެ.

ކޮރޯނާ ވައިރަސްގެ ފަހުގެ ތަފާސް ހިސާބުތައް

ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އިއްޔެ މަރުވި މީހުންނާ އެކު މިހާރު ޗައިނާގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،016އަށް އަރައިފަ އެވެ. އަދި މިހާރު ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 42،638 އަށް އަރައިފަ އެވެ.

ޗައިނާއިން ވަނީ ވައިރަސް ފުރަތަމަ ފެނުނު ވޫހާންއަށް މިހާރު ގާތްގަނޑަކަށް 20،000 ސިއްހީ އޮފިޝަލުން ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. އަދި ސާޖިކަލް މާސްކާއި ވައިރަހުން ރައްކާތެރިވުމަށް ބޭނުންވާ އެހެން އާލާތްތަކުގެ ސަޕްލައި އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ ގިނަ މީހުންގެ ފަރާތުން ފެންނާނީ އާދައިގެ އަލާމާތްތަކެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އޭގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލުމުގައި މައްސަލަތައް ދިމާވުން ހިމެނެ އެވެ. ބަލިޖެހޭ ގިނަ މީހުން ރަނގަޅުވެ އެވެ.

ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ހަކުރު ބަލި، ކެންސަރު އަދި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުގެ ތަޖްރިބާކާރަކު ވިދާޅުވީ ވައިރަސްގެ އަލާމާތްތަކުން މުޅިން ރަނގަޅުވާން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: