ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ އެއާލައިންގެ ޓިކެޓު ގަނެވޭ އެޕެއް ތައާރަފުކޮށްފި

އެޕ ލޯންޗުކުރުމަށް ބޭއްވި ހަފްލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ އެއާލައިން ”މޯލްޑިވިއަން“ގެ ޓިކެޓް ބުކްކުރެވޭނެ ނުވަތަ ގަނެވޭނެ ލުއި ފަސޭހަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.

މި އެޕްލިކޭޝަން ތައާރަފު ކުރުމަށް މޯލްޑިވިއަންގެ އޮފީހުގައި މިއަދު ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

މިއަދުގެ ހަފްލާގައި އަލަށް ތައާރަފު ކުރި މި އެޕްލިކޭޝަން، ލޯންޗްކޮށްދެއްވީ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ އެވެ. މޯލްޑިވިއަން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ބުކް ކުރުމުގެ އިތުރުން، ޓިކެޓް ނަގަން ފައިސާ ވެސް ދެއްކޭނެ އެވެ.

ދަތުރު ޕްލޭން ކޮށްލުމާއި ކުރިން ދަތުރުކޮށްފައިވާ ގޮތުގެ ހިސްޓްރީ ވެސް ބަލައިލެވޭނެ އެވެ. މީގެ އިތުރުން މޯލްޑިވިއަނުން އެކި މަންޒިލްތަކަށް ތައާރަފްކުރާ ފެއާތަކުގެ އަގުތައް ވެސް އަލަށް ތައާރަފުކުރި އެޕްލިކޭޝަނުން ފެންނާނެ އެވެ.

މި އެޕްލިކޭޝަން މިހާރު، ގޫގުލް ޕްލޭ އާއި އެޕަލް ސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި އެޕްލިކޭޝަން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި، އެމްޑީ ވިދާޅުވީ، އެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތް ތަކަށް ފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރި ސަބަބަކީ ވެސް އެއީ ކަމަށެވެ.

”މި އެޕަށް ކުރިއަށް އޮތްތަނުގައި ރީފަންޑް ކުރުން ފަދަ ސާވިސްތައް ވެސް އެޑް ކުރަމުން ގެންދާނެ“ ރިޒްވީ ވިދާޅުވި އެވެ.

މޮބައިލް އެޕެއް ތައާރަފު ކުރި ނަމަވެސް އެ ކުންފުނީގެ ކޯލް ސެންޓަރަށް ގުޅައިގެނާއި ވައިބާ މެދުވެރިކޮށް ޓިކެޓު ބުކްކުރުމުހެ ޚިދުމަތް މެދުކެނޑިފައެއް ނުވެއެވެ.

މޯލްޑިވިއަނުން ރާއްޖޭގެ ހުރިހާ މަންޒިލެއްގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް އާއި ބަންގްލަދޭޝަންގެ ޑާކާ އަދި ތައިލެންޑާއި ޗައިނާގެ މަންޒިލްތަކަށް ދަތުރު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: