ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުޖާއު ވިދާޅުވީ ޕީއެންސީގެ ހަގީގީ ވެރިކަން އަދި މި ފެށުނީކަމަށް!

ފޮޓޯ: ޕީ.އެން.ސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ހަގީގީ ބަދަލެއް ގެނެސްދޭނެ ޕީއެންސީގެ ހަގީގީ ވެރިކަން އަދި މި ފެށުނީކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ފިއްލަދޫ އިން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގައި ތިއްބެވި ޕީއެންސީގެ މެންބަރުން އުފާވާނެ ފަދަ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، މި ނިމުނު ހަފުތާގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުން އެއްވެވަޑައިގެން ސަރުކާރާ ދެކޮޅަށް ރޭވުންތަކެއް ރާވަމުންދާ ކަމަށެވެ. އަދި ރާއްޖެއިން ދައްކަންޖެހޭ ލޯނުތައް ނުދެއްކިގެން ރައީސް މުއިއްޒު އެ ބޭފުޅުންގެ ”ފައިބުޑަށް“ ވެއްޓެންޖެހޭނެ ކަމަށް އެ ފަރާތްތަކުން ބުނަމުންދިޔަ ކަމަށްވެސް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.

”މި ކިޔަވާ މާލޫދަކީ މި މީހުން ޖެހޭނެއޭ އަހަރުމެން ކައިރިއަށް އަންނަން، މި މީހުންނަކަށް ލޯނެއް ނުދެއްކޭނެއޭ. ލޯނު ދެއްކޭނެ ވާހަކަ އަންނަންވާނީ އަހަރުމެންނާއެކީގައޭ ދައްކަން،“ އިދިކޮޅު ލީޑަރުންނަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވިއެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުން އުއްމީދުކޮށްގެން ތިބި ގޮތާ ޚިލާފަށް، ސަރުކާރުން މިހާރު ވަނީ ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ 400 މިލިއަން ޑޮލަރު މިރޭގެ ވަގުތެއްގައި ދައްކާފައި ކަމަށް ޝުޖާއު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ޖުމްލަ 925 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ) މި މަސްތެރޭގައި ސަރުކާރުން ދައްކާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީން ނެގިހާ ލޯނަކުން ގައުމަށް ކުރި ފައިދާއެއް ނެތް ކަމަށާއި، އެ ފައިސާ ވަނީ ”ކައި ހުސްކޮށްލާފައި“ ކަމަށެވެ. އަދި އެ ސަރުކާރުން އުފެއްދި ”ޖަޒީރާ ރާއްޖެ“ މިހާރު ވަނީ ”މިނިކާ ރާއްޖެއަކަށް“ ބަދަލުވެފައި ކަމަށް ސިފަކުރައްވަމުން، ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ދިވެހިންގެ ރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސްދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

ފިއްލަދޫގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކޮށް، އެތަން އެހެން ބަޔަކަށް ދޭން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެތަން ސަލާމަތް ކުރީ ފިއްލަދޫގެ ހިތްވަރުގަދަ ޒުވާނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ”ހަގީގީ ވެރިކަން“ ފެށުމާއެކު، ޕާޓީގެ ގްރާސްރޫޓްގެ މެންބަރުންނާއި މުޅި ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ކަމަށެވެ. އަދި ފިއްލަދޫގެ މުސްތަގުބަލު ފެނިގެންދާނީ މާ އުޖާލާ އަދި ފާގަތި ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ޝުޖާއު ވަނީ އެ ރަށުގެ ރައްޔިތުންނަށް ޔަގީންކަން ދެއްވާފައެވެ.

މި ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންގެ އިތުރުން ފިއްލަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: