ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫސިޓީގައި ލައިބްރަރީއެއް ހުރުން މުހިންމު: ޔުމްނާ

މިނިސްޓަރ ޔުމްނާ އައްޑުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީގައި ލައިބްރަރީއެއް ހުރުން ވަރަށް މުހިންމު ކަމަށް މިނިސްޓަރ އޮފް އާޓްސް ހެރިޓޭޖް އެންޑް ކަލްޗާ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދަޅުވީ، އައްޑޫ ސިޓީއަށް ކުރެއްވި 4 ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ. 

މިނިސްޓަރ ވިދާޅުވީ ލައިބްރަރީއަކާއި އާކައިވްއެއް އައްޑޫގައި ހުރުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި އެތަންތަން ގާއިމުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އައްޑޫ ރައްޔިތުންނަށް މިނިސްޓަރ ދެއްވިއެވެ.

ޔުމްނާ ވިދާޅުވީ، އައްޑުއަށް ކުރެއްވި މިދަތުރުގައި ވަރަށްގިނަ ތަންތަން ބެއްލެވި ކަމަށެވެ. އެތަންތަނުގެ ތެރޭގައި ރައްކާތެރިކުރަންޖެހޭ ތަންތަން ވަރަށްގިނަކަން ފާހަގަ ކުރެވުނުކަމަށެވެ.

އެގޮތުން، މީދޫ ކޯގަންނު ގަބުރުސްތާނަކީ މުޅިރާއްޖެއަށް ބަލާއިރު ވެސް އެންމެ ދުވަސްވީ އެއްތަން ކަމަށާއި އޭގެ އިތުރުން އިނގިރޭސީން ގަމުގައި އުޅުނު ދުވަސްވަރު ހަދާފައިވާ ބައެއް އިމާރާތްތަކަކީ ރައްކާތެރިކޮށް ބެލެހެއްޓިއްޖެ ކަމަށްވާ ނަމަ މިހާރަށްވުރެ މާގިނަ މީހުން ޒިޔާރަތްކުރާނެ ތަންތަނަށް އެތަންތަން ވެގެންދާނެ ކަމަށެވެ. 

އެކަމަނާ ވިދާޅުވީ އެތަންތަން ރައްޔިތުން އަމިއްލައަށް ކޮންމެވެސް ވަރަކަށް ބަލަހައްޓާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: