ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކެމްޕެއިން މިމަހުގެ 21 ގައި ރަސްމީކޮށް ފަށަނީ!

މޯލްޑިވްސް ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް، މޯލްޑިވްސް ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ  ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ކެންޕޭން މި މަހުގެ 21 ވަނަ ދުވަހު ރަސްމީކޮށް ފަށަން ނިންމައިފި އެވެ.

އެމްޑީޕީ މި ގޮތަށް ނިންމީ، ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

ކެމްޕެއިނާއި ގުޅޭ ގޮތުން ވާހަކަދައްކަމުން، ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ކެމްޕޭން މެނޭޖަރު އަހްމަދު ޝާހިދު (ސާބެ) ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ކައުންސިލް އިންތިކާބުގެ ކެންޕެއިން ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އޮންނާނެ ކަމަށާއި އެ ޖަލްސާ ކުރިއަށްދާއިރު ހުރިހާ ރަށެއްގައި ވެސް ޖަލްސާތައް ކުރިއަށްދާނެ ކަމަށް ސާބެ ވިދާޅުވިއެވެ.

ސާބެ ވިދާޅުވީ، އޭގެ ކުރިން މިމަހުގެ 14 ވަނަ ދުވަހު މުޅި ރާއްޖޭގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު ހަމަވާނެ އެވެ.

އެމްޑީޕީން އަންނަނީ މި އިންތިޚާބަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އެގޮތުން، ކޮންމެ ރަށަކަށް މެނިފެސްޓޯއެއް ތައްޔާރުު ކޮށް، އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅިފައި ނެތް ގޮނޑިތަކަށް ކެންޑިޑޭޓުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: