ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ސީޕްލޭޏް ޓަމިނަލްއިން ބައެއް ޓީއެމްއަށް ދޭން އެންމެ ފަހުން ރައީސް ނަޝީދު ވެސް ތާއިދު ކުރައްވައިފި

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް ދިވެހި ސަރުކާރާއި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެއްބަސްވެވޭ ގޮތަކަށް ސީޕްލޭން ޓާމިނަލްގެ ބައެއް ޓީއެމްއޭއަށް ދިނުމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވައިފިއެވެ. 

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓް ބާރަށް ހިނގަން ފެށުމުން ދިވެހި ސަރުކާރާއި ޓީއެމްއޭއަށް އެއްބަސް ވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުން މުހިއްމު ކަމަށެވެ. އަދި ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައި ވާނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރި އަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ. ނަމަވެސް އިއްޔެ މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށް ވަނީ އެދިފައެވެ. 

ނަމަވެސް އެއީ މާލިއްޔަތުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީސް މެންބަރުންނާއި، ސިޔާސީ ބައެއް ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ޓީއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ އާ ޓާމިނަލް ޓީއެމްއޭ އަށް ދެވޭނެ މުއްދަތާއި ޖާގަ އާއި ކުލި އަދި ކޮންޓްރެކްޓުގެ މުއްދަތާއި ގުޅޭ ގޮތުން ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުމަކީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބުކަން އެ ކުންފުނިން ސަރުކާރަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މައްސަލާގައި ވޭތުވެދިޔަ ހަ އަހަރުތެރޭގައި 100 އަށް ވުރެ ގިނަ މުއާމަލާތް ލިޔުމުންނާއި އަނގަ ބަހުން ކުރެވިފައިވާ ކަމަށެވެ. މީގެތެރޭގައި އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ވެވި ދާނެ އެއްބަސްވުމެއްގެ ޑްރާފްޓް ވެސް ބަދަލު ކުރެވިފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޓީއެމްއޭ އިން ބުނެފައިވާ ގޮތުގައި ބޭރުގެ އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގް އިން ކޮށްފައިވާ އޮޑިޓުން އެނގޭ ގޮތުގައި މިދިޔަ އަހަރު ލައުންޖު ހިންގައިން އެ ކުންފުންޏަށް ލިބިފައިވަނީ 2.8 ޑޮލަރު ކަމަށާ، އެ ކުންފުނިން މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލް އަށް 18.53 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: