ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވަޒީރުންނަށް އެމްޑީޕީ ޕީޖީ ގުރޫޕުން ރުހުން ދިނުން: ޕީއެންސީގެ ޝުކުރު އެމްޑީޕީއަށް

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ރުހުން ދޭން ފެންނަކަމަށް ވޯޓު ދެއްވުމާ ގުޅިގެން، ޕީއެންސީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދުގެ ވޯޓުގައި އެމްޑީޕީގެ މެމްބަރުން ބައެއް ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދިނެވެ.

އެގޮތުން ހޯމް މިނިސްޓަރ އަލީ އިހުސާނަށް އެކަނި އެމްޑީޕީއަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުރުން ކެދންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުއާއި، ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު އަދި ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދުއާއި، މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މި ދެ ބޭފުޅުން ތިން ވަޒީރަކަށް ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަށް ވޯޓު ދެއްވި އެވެ. އެ މެމްބަރުން ރުހުން ދޭން ނުފެންނަކަމަށް ވޯޓު ދިނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދާއި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން އެންވާރަމެންޓް މިނިސްޓަރު އަލީ ޝަރީފަށެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަޒީރުންނަށް ރުހުން ދިނުމުން އެކަމަށް މަރުޙަބާ ކިޔައި ޝުޖާއު ވިދާޅުވީ، މިއީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ހާއްސަކޮށް ހޯމް މިނިސްޓަރު އިހުސާނަށް އެމްޑީޕީގެ މެންބަރުން ތާއީދުކުރެއްވުމުން، ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތަށް އިދިކޮޅުގެ ތާއީދު އޮތްކަން އެނގޭކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ސިޔާސީ މަސައްކަތުގައި މިފަދަ ކޮލިޓީ ނުވަތަ ހެޔޮ ވިސްނުން ހުންނަންޖެހޭނެ ކަމަށާއި، އެމްޑީޕީގެ މެންބަރުންގެ ކިބައިން މިފަދަ ވިސްނުމެއް ފެނުމުން އުފާކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: