ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޭދޭ ވުޒާރާ ތަކުގެ ތެރޭގައި ކުރެވޭ މުއާމަލާތްތައް ޒަމާނީކޮށް އެފިޝަންޓްކޮށް ގެންދިއުމަށް ހަރުދަނާ މަސައްކަތްތަކެއްދަނީ ކުރެވެމުން : މުންދު

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީއްސުރެ އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ޑިޖިޓަލައިޒޭޝަންއާއި ސަރުކާރުގެ އެތެރޭގައި އޮންނަ ވިއުގަ އިތުރަށް ވަރުގަދަ ކުރެއްވުން ކަމުގައި ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ، ”ޕްރެސަރ ވިތު ދަ ސްޕޮކްސް“ ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުމުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މުންދު ވިދާޅުވީ، ދޭދޭ ވުޒާރާ ނުވަތަ ދޭދޭ އިދާރާ ތަކުގެ ތެރޭގައި ކުރެވޭ މުއާމަލާތްތައް ޒަމާނީ ފެންވަރަށް ކުރިއަށްވުރެ އެފިޝަންޓްކޮށް ގެންދިއުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ހިންގުން ހަލުވިވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތުން އާސަންދައިގެ ޚިދުމަތް ހޯދާ ވަރަށް ގިނަ ބަޔަކު އެންސްޕާގެ ޙިދުމަތްވެސް ހޯދާކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ، އެފަރާތަކީ ރާއްޖޭގެ ކްލިނިކަކުން ޚިދުމަތް ހޯދާ ފަރާތަކަށްވާނަމަ ޑރ. ދެއްވާ ލަފައާއި ބޭހަކީ ވަރަށް ގިނަ އިދާރާތަކާއި ވުޒާރާތަކެއްގެ ބައިވެރިވުން ލިބިގެން ދެވޭ ޚިދުމަތެއް ކަމަށެވެ. އަދި މިއީ ވަރަށް އަވަހަށް ޚިދުމަތް ދޭންޖެހޭ ދާއިރާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން ބަލި ޙާލަތުގައި ހުންނަ މީހަކު ރާއްޖޭއިން ބޭރަށް ފުރަން ޖެހުނަސް އެކަމެއް ވީ އެންމެ އަވަހަކަށް ހަމަޖެހިގެން ދިއުމަކީ މުހިންމު ކަމެއްކަމަށް މުންދު ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގައި އެމްޕެނަލް ކުރެވިފައިވާ ހޮސްޕިޓަލެއްގައި އެޑްމިޓްކުރެވިގެން ޚިދުމަތް ހޯދާ ފަރާތަކުން ހޮސްޕިޓަލުން ޑިސްޗާޖު ވާއިރުވެސް ލިޔެކިޔުންތަކެއް ހުންނާނެކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ، ”އެކަންތައްވެސް އަވަހަށް ނިންމާލުމުން ބަލިމީހާއަށް ތަކުލީފެއް ނުލިބި ހޮސްޕިޓަލުން އަވަހަށް ޑިސްޗާޖުވެވޭނެ“ ކަމަށެވެ.

މިގޮތުން މޯލްޑިވެސް 2.0 ގެ ދަށުން ސީދާ ރައީސް އޮފީހުގައި އެހެން އެއްވެސް ފަރާތެއް މެދުވެރިނުވެ ސީދާ ރައީސްއަށް ޖަވާބުދާރީވާގޮތަށް ވަރަށް ފުޅާދާއިރާއެއްގައި ވިއުގަ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް މުންދު ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: