ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް!

ސަރުކާރުގެ ތަރުޖަމާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ކޮންމެ ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން ކޮންމެ އަހަރަކު އާންމުކުރާ ’ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް’ގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައިފި އެވެ.

މިއަދު އާންމުކުރި މި އަހަރުގެ ރިޕޯޓުގައިވާ ގޮތުން ރާއްޖެ މިހާރު އޮތީ އިންޑެކްސްގެ 108 ވަނައިގައެވެ.

މިދިޔަ އަހަރު ރާއްޖެ 104 ވަނައިގައި އޮތް އިރު، މިއަހަރުގެ އިންޑެކްސްގައި ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފަ އެވެ. މިއީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ރާއްޖެ މި އިންޑެކްސްގައި މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖެ އެންމެ ދަށަށް ގޮސްފައިވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ.

ރާއްޖެ އިންޑެކްސްގައި ފަހަތަށް ދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ގާނޫނީ އަދި އިގްތިސޯދީ ގޮންޖެހުންތައް ހިމެނެ އެވެ.

އިންޑެކްސްގެ މައިގަނޑު ފަސް މިންގަނޑުގެ ތެރެއިން ހަތަރު މިންގަނޑަކުން ރާއްޖެ ވަނީ ބޮޑުތަނުން ފަހަތަށް ގޮސްފަ އެވެ. އެންމެ ބޮޑު ވެއްޓުމެއް އައީ އިގްތިސޯދީ މާހައުލުގެ މިންގަނޑުންނެވެ. އެ މިންގަނޑުން ރާއްޖެ ވަނީ 118 އިން 157 އަށް، 39 ދަރަޖަ ފަހަތަށް ގޮސްފަ އެވެ. ގާނޫނީ އޮނިގަނޑުގެ މިންގަނޑުން 23 ދަރަޖަ ދަށަށް ގޮސްފައިވާ އިރު، ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުން 21 ދަރަޖަ ވަނީ ދަށަށް ގޮސްފަ އެވެ.

ސިޔާސީ މާހައުލުގެ މިންގަނޑުން ރާއްޖެ 6 ދަރަޖަ ފަހަތަށް ގޮސް 129 ވަނައަށް ވެއްޓިފައިވާ އިރު، ހަމައެކަނި ކުރިއެރުމެއް ލިބިފައިވަނީ އިޖުތިމާއީ މާހައުލުގެ މިންގަނޑުންނެވެ. އެ މިންގަނޑުން ރާއްޖެ ވަނީ 15 ދަރަޖައިގެ ކުރިއެރުމަކާއެކު 118 ވަނައަށް ޖެހިލާފަ އެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު 72 ވަނައިގައި އޮތް ރާއްޖެ ކޮންމެ އަހަރަކު ދަނީ ފަހަތަށް ސޮއްސާލަމުންނެވެ. މިގޮތުން 2022 ގައި 87 ވަނައަށް، 2023 ގައި 100 ވަނައަށް އަދި 2024 ގައި 106 ވަނައަށް ރާއްޖެ ވަނީ ދަށަށް ގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: