ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމަކީ އަސާސީ ހައްޤެއްކަމަށް ވިޔަސް އެކަން ކުރަންވާނީ އިސްލާމްދީނުގެ ހުދޫދުތަކާއި އަސާސްތަކުގެ ތެރެއިން: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިކަމަކީ އަސާސީ ހައްޤެއްކަމަށް ވިޔަސް އެކަން ކުރަންވާނީ އިސްލާމްދީނުގެ ހުދޫދުތަކާއި އަސާސްތަކުގެ ތެރެއިން ކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ ”ޕްރެސަރ ވިތު ދަ ސްޕޮކްސް“ ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

”ނޫސްވެރިކަމަކީ އަސާސީ ހައްޤެއް އެކަމަކު އެކަން ކުރަންވާނީ އިސްލާމްދީނުގެ ހުދޫދުތަކާއި އަސާސްތަކުގެ ތެރެއިން، އެއްވެ އުޅުންކަމަށް ވިޔަސް، ފްރީޑަމް އޮފް އިންފޮމޭޝަން ވިޔަސް، ފްރީޑަށް އޮފް އެސެމްބްލީ ކަމަށް ވިޔަސް، ނޫސްވެރިކަން ވިޔަސް ކޮންމެ ކަމެއްވެސް ކުރަންވާނީ އިސްލާމްދީނުގެ ހުދޫދުތަކާއި އަސާސްތަކުގެ ތެރެއިން“ 

”އަދަދު“ ނޫހާ ގުޅޭގޮތުން މިހާރު ކުރިއަށްދާ ތަހުގީގާ ބެހޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަންގަވައިގެން ނުވަތަ ސަރުކާރުން އަންގައިގެން ކުރާ ތަހުޤީގެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އިންވެސްޓިގޭޓް ކުރަންޖެހޭ ކަންކަން ކުރާނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަމަށާއި، ތަހުގީގެއް ހިންގަން އެންގޭނެ އިދާރާއަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުންދު އިތުރަށް ވިދާޅުވީ، ފުލުހުން ތަހުގީގު ކުރަނީ ޤާނޫނުތަކުން ދީފައިވާ މިނިވަންކަމުގެ އިންފާރުން ބޭރުން ”އަދަދު“ ނޫހުން ކުރި މަސައްކަތެއް ކަމަށެވެ. އަދި އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކީ ގަޒްފުގެ އިޝޫއެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންވެސް އެ މައްސަލަ ބަލަމުންދާ ކަމަށާއި، އެ ކޮމިޝަނުން އެކަން ބަލަން ފެށީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށް މުންދު ވިދާޅުވިއެވެ. އަދި ފުލުހުންނާ އެކަން މަތިކުރީ މީޑިއާތަކުން ރިޕޯޓް ކުރުމުގެ ކުރިން ކަން ފުލުހުން ޔަގީންކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: