ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ޓީވީއަކީ މިނިވަން ނޫސްވެރިކަމުގައި ސާބިތުވެ ދެމިތިބޭނެ ބައެއްކަން ޔަގީން: ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް

photo from google
photo from google
ޝެއާރކޮށްލާ ކަހަލަދޯ؟

ސަންގު ޓީވީއަކީ މިނިވަން ނޫސްވެރިކަމުގައި ދެމިތިބޭނެ ބައެއްކަން ޔަގީންކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަންގު ޓީވީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ސްޓޭޝަނުގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

ފައިސަލް ނަސީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސަންގު ޓީވީގައި މަސައްކަތްކުރައްވާ ބުރަ، ހީވާގީ ނޫސްވެރިންނަށާއި ހުރިހާ މުވައްޒަފުންނަށް މި އުފާވެރި ދުވަހުގެ ތަހުނިޔާ އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާ ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމަކީ ކޮންމެ ދިމިގްރާތީ މުޖުތަމައެއްގެވެސް އެންމެ ވަރުގަދަ ބިންގާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަމަށްވާއިރު، މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ހުރިހާ ސަރުކާރުތަކުންވެސް ފަހިކޮށްދޭންޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން، ނޫސްވެރިންނަށް ބިރުދެއްކުމެއް ނެތި، ހަގީގަތް ހާމަކުރުމުގެ މާހައުލެއް އޮތުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަންގު ޓީވީގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް އެ ސްޓޭޝަނަކީ މިނިވަން ނޫސްވެރިކަމުގައި ސާބިތުވެ ދެމިތިބޭނެ ބައެއް ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ ސްޓޭޝަނަށް ”އަދަށްވުރެ ފެހި މާދަމާއަކަށް“ އެދިވަޑައިގަންނަވަމުން، ކުރިއަށް އޮތް އަހަރުތަކަކީ ކާމިޔާބު އަހަރުތަކަކަށް ވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: