މާލެއާއި ހުޅުމާލެއާއި ދެެމެދު ޚިދުމަތްދެމުންދާ ބަސްދަތުރުތަކުގެ އާ ރޫޓެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމް.ޕީ.އެލް)އިން ތަޢާރަފުކޮށްފިއެވެ.
އިއްޔެ މިކަމަށްޓަކައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި ރޫޓޫ ތަޢާރަފުކޮށްދެއްވައިފައިވަނީ މާލޭސިޓީގެ މޭޔަރު ޝިފާ މުޙައްމަދެވެ.
މިހާރު ތަޢާރަފުކޮށްފައިވާ އާ ބަސްރޫޓުގެ ދަށުން އައި.ޖީ.އެމް.އެޗްއާއި ކައިރީގައި އޮންނަ ރިންގްރޯޑްސްއަށް ބަސް މަޑުކުރާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ރޭގައި ކުރި ޓުވީޓުގައިވެއެވެ. އެހެންނަމަވެސް މި ރިންގްރޯޑްއަށް ބަސް މަޑުކުރާނީ ގަޑިއަކު އެއްފަހަރުއެވެ.
ފާއިތުވެދިޔަ ޑިސެމްބަރުމަހުގައި، ގުރޭޓަރ ލިންކް މާލޭ ޓުރާންސްޕޯޓުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މައުމޫން ވިދާޅުވެފައިވަނީ، ޢާންމުންނަށް ވީހާވެސް ފަސޭހަގޮތެއްގައި ޚިދުމަތް ދިނުމުގެގޮތުން ކަސްޓަމަރުންގެ ޑިމާންޑް އޮންނަ ރޫޓްތައެް ބައްލަވަމުންދާ ކަމުގައެވެ.
މީގެ އިތުރުން، ބަހުގެ ޚިދުމަތްތައް ފަސޭހަކުރުމުގެ ގޮތުން އެޕެއް ވެސް، ތަޢާރަފުކޮށްފައވާކަމަށާއި، އެ އެޕް މެދުވެރިކޮށް ބަސްދަތުރުތަކުގެ ޝެޑިއުލްތައް ވެސް ބައްލަވައިލެވޭނެކަމަށާއި،ކުރިއަށް އޮތްތަނުގައި އެ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަކުވާ ހުށަހެޅުއްވޭނެ ގޮތްވެސް ހައްދަވާނެކަމުގައެވެ.
އިއްޔެ މި ޚިދުމަތް ތަޢާރަފުކޮށްފައިވާއިރު، މިދިޔަ މަހުގެތެރޭގައިވަނީ، ކާނިވާ ސަރަޙައްދާއި ހުޅުމާލެއާއި ދޭތެރޭގައި ބަސްދަތުރުތައްކުރަން ފަށާފައެވެ.

