ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އުޅެނީ ވަރަށް ބިކަ ޙާލުގައި އެކަމަކު އެވާހަަކަ ދައްކާތަނުން ކޯޓު އަމުރެއް ނެރެފާނެ: ސޯބެ

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސޯބެ ވާހަކަދައްކަވަނީ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މިއަދު އުޅެނީ ވަރަށް ބިކަ ޙާލުގައި ކަމަށާއި، އެހެންނަމަވެސް މިކަމާ ގުޅޭގޮތުން އެއްޗެކޭ ބުނާތަނުން ކުއްލި ގޮތަކަށް ކޯޓު އަމުރެއް ނެރި އެ ވާހަކަ ނުދެއްކޭނެ ކަމަށް ބުނެފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ މިހެން ވިދާޅުވީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސޯބެ ވިދާޅުވީ، ރައްޔިތުން މިއަދު ބޭނުންވަނީ ހަމަޖެހޭ، ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ކަމަށެވެ. އޭނާ ނިސްބަތްވާ ދާއިރާ އާއި މުޅި އަތޮޅު އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ ވެސް މިއަދުގެ އުންމީދަކީ އެއީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުގެ ޙާލަތު އޮތީ އެއާ މާ ދުރުގައި ކަމަށް ސޯބެ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ހިޔާ ފްލެޓް ސަރަޙައްދަށް އަލިއަޅުއްވާލައްވަމުން ސޯބެ ވިދާޅުވީ، އެ ސަރަޙައްދުން ފެންނަނީ އުމުރުން ދުވަސްވީ މީހުން ކުރާނެ ކަމެއް ނެތި މާޔޫސްވެފައި ތިބޭ މަންޒަރު ކަމަށެވެ. ”ހިޔާ ސަރަޙައްދަށް ބަލާލީމަވެސް ހަވީރުގަޑީ ފެންނަނީ އުމުރުން ދުވަސްވީ މާމަ ކާފަމެން ކުރާނެ ކަމެއް ނެތި މާޔޫސްވެފައިވާ މަންޒަރު. ރަށުގެ ހިތްފަސޭހަ ހޮޅުއަށި ދޫކޮށް މާލެ އައިސް އެތިބެނީ ރަށުން އަސާސީ ޚިދުމަތް ނުލިބޭތީ,“ ސޯބެ ވިދާޅުވިއެވެ.

ރަށްރަށުގައި ކަރަންޓާއި ބޯފެނުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ސަރުކާރުން ފޯރުކޮށްނުދޭކަން ފާހަގަކުރައްވަމުން، ސަރުކާރުގެ ސިއްޙީ ނިޒާމު ވެސް އޮތީ ފެއިލްވެފައި ކަމަށް ސޯބެ ތުހުމަތު ކުރެއްވިއެވެ. އާސަންދަ އޮތީ ނަމަކަށް ކަމަށާއި، ބޭސް ނުލިބިގެން ރައްޔިތުން އަދިވެސް ޖެހެނީ ބޭސް ސިޓީ ހިފައިގެން ސަލާންޖަހަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން ސޯބެ ވިދާޅުވީ، ޑޮލަރާއި ޕެޓްރޯލް އަދި ކަރަންޓުގެ އަގުތައް ދަނީ މައްޗަށް ކަމަށެވެ.

 ”ޑޮލަރުގެ އަގު ބޮޑުވެއްޖެ، ޕެޓްރޯލުގެ އަގު ބޮޑުވެއްޖެ، ކަރަންޓުގެ އަގު ބޮޑުވަމުން އެދަނީ، ތެޔޮ އަގު ބޮޑުވާވަރަކަށް އެކަން އެހެންވާނެތާ,“ އޭނާ ވިދާޅުވިއެވެ.

ސޯބެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، މިހުރިހާ ދަތިތަކެއް ހުރުމުން ރައްޔިތުން ތިބީ އުފަލަކުން ނޫން ކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންވެސް މިއަދު އެދެނީ ހަމަޖެހިލައިގެން އުޅެވޭނެ ފުދުންތެރި ދިރިއުޅުމަކަށް ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: