ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އިންޓުރެސްޓު އޮތްކަމަކަށް މި ސަރުކާރުން ދޮގެއްނުހަދާނެ: އީވާ

ރައްޔިތުން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ---- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ އިންޓުރެސްޓު އޮތްކަމަކަށް މިސަރުކާރުން ދޮގުހަދައި އޮޅުވައިނުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޮރާނާ ވައިރަސްގެ މައްސަލައިގައި ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވެފައިވަނީ، ކޮރޯނާ ވައިރަސް ރާއްޖެ އައިސްދާނެކަމާއި، އަދި  ވައިރަސް އެއްވެސް ދިވެއްސަކަށް ޖެހިއްޖެނަމަ ސަރުކާރުން، އެކަން އޮޅުވާލާ ސިއްރުކުރަން މަސައްކަތް ނުކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށް ޢިޝާރާތް ކުރައްވާ އީވާ ވިދާޅުވީ ނިމިގެންދިޔަ ފަސް އަހަރު ދިވެހި ރައްޔިތުން ތިބީ ބިރުވެރިކަމެއްގެތެރޭގައިކަމަށާއި، އެ ގޮތުން ބައްޔެއް ފެތުރުނަސް އެއީ ނުވާ ކަމަކަށް ސަ ހަދާ އޮޅުވާލަމުން ދިޔަ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ ރައްޔިތުންނަށް އެއްވެސް ކަމެއް އޮޅުވާލާނެ ސަރުކާރެއް ނޫން ކަމަށް އީވާ ވިދާޅުވިއެވެ. 

އީވާގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކޮރޯނާ ވައިރަހާމެދު މި ސަރުކާރުން އެކަށޭނަ ފިޔަވަޅުތަކެއް އަޅުއްވައިފައިނުވާކަމަށެވެ. އަދި ހަމަ އެހެންމެ ޝިޔާމް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ނުފޮރުވާ އެއްވެސްކަމެއް ނެތްކަމަށާއި، ވޭތުވެދިޔަތަނުގައި ވެސް ވަނީ، މި އަށްވުރެ ސީރިއަސް ކަންތައްތަކުގައި ވެސް، ރައްޔިތުންނަށް ޙަޤީޤަތްއޮޅޭގޮތަށް މަޢުލޫމާތު ހާމަކޮށްފައިކަމަށް ޝިޔާމް ވިދާޅުވިއެވެ. 

އެ ގޮތުން ރާއްޖެއަށް ބޭނުންވާވަރަށް ކާޑުގެ ބާވަތްތަކާއި، ބޭހާއި އެނޫންވެސް ޒަރޫރީ ކަންކަމަށް ބޭނުންވާ ތަކެތި ރައްޔިތުންނަށް ބޭނުންވާ ވަރަށް ހުރި ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ ޙަޤީޤަތެއްނޫންކަމަށާއި މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮރޯނާ ވައިރަސް ފެތުރިދާނެ ކަމަށް ބަލައިގެން ގޭގެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެ ނޫންވެސް ތަކެތި އެއްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. 

ރާއްޖޭގެ ބައެއް ހިސާބުތަކުގެ ރައްޔިތުން ކޮރޯނާ ވައިރަސްގެ ބިރު އޮތުމުން މަގުތަކަށް ނިކުމެ ގެއަށް ބޭނުންވާ ސާމާނު އެއްކުރަމުންދާކަމަށް ޝިޔާމް ވިދާޅުވުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ޝިޔާމުގެ އެ ވާހަކަތައް ހުއްޓުވައި، އެއީ ޙަޤީޤަތެއްނޫންކަމަށް ވިދާޅުވެފައެވެ. އަދި ވާހަކަފުޅު ދައްކަވާއިރު ޙަޤީޤަތާއި އެއްގޮތަށް ސައްޙަ މަޢުލޫމާތު ހާމަކުރެއްވުމަށް ރައީސް ނަޝީދު ޝިޔާމުއަށް އިލްތިމާސް ކުރެއްވިއެވެ. 

ރައީސް ނަޝީދުގެ އެ ވާހަކަފުޅާއި ގުޅިގެން ޝިޔާމް ވިދާޅުވީ ކޮރޯނާ ވައިރަސްގެ ނުރައްކާ ރާއްޖެއަށް ވެސް އޮތުމުން، ރައްޔިތުން އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ކޮޅުކޮޅު މައްޗަށް ދުވެ ބޭނުންވާ ކާޑާއި ބޭސްފަދަ ތަކެތި އެއްކުރަމުންދާ ކަމަށް އޭނާގެ ގާތުގައި ބުނީ އޭނާގެ އަނބިކަނބަލުން ކަމަށެވެ. ޝިޔާމް އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވިދާޅުވީ އެކަން ޝިޔާމްގެ އަނބިކަނބަލުންނަށް ގުޅުއްވާފައި އެ ކަން ސާފުކުރައްވާނެ ކަމަށާއި، ނަމަަވެސް ރައްޔިތުން ކޮރޯނާ ވައިރަސްގެ ބިރަށްޓަކައި ކޮޅުކޮޅު މައްޗަށް ނިކުމެ ސާމާނު ގަންނަން އުޅޭތަނެއް އެ މަނިކުފާނަށް ނުފެންނަ ކަމަށް ވިދާޅުވިއެވެ. 

ކޮރޯނާ ވައިރަސްގެ މައްސަލައިގައި އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަމުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެ އަތުވެއްޖެނަމަ ކުރަންޖެހޭ ހުރިހައިކަމަކަށް ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި އެކަމާ އެއްވެސް ރައްޔިތަކު ކަންބޮޑު ނުވުމަށް ސަރުކާރުގެ މެމްބަރުން ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: