ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫނައި ޤާސިމްގެ ތާއިދަށް އަލްހާން ފަހުމީ އެދިވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީ، ޖުމްހޫރީ ޕާޓީއާއި،އެމް.އާރު.އެމްގެ ތާއީދު ދެއްވުމަށް އެދި ވަޑައިގެންފިއެވެ.

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއެކު ސިޔާސީ ހަޔާތް ފެއްޓެވި އަލްހާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމް.އާރު.އެމްއާއި، ޖޭ.ޕީގެ ޓިކެޓުގައި އެއްވެސް ބޭފުޅަކު މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަނުކުރައްވާތީ، ދެ ޕާޓީގެ ލީޑަރުންނާއި މެންބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާކަމުގައެވެ.

ޖޭ.ޕީގެ ލީޑަރު ޤާސިމް އިބްރާހިމާއި ގާތް ގުޅުމެއް އޮންނަ އަލްހާން އަންނަނީ، ހިނގަމުންދާ އެމް.ޑީ.ޕީގެ ސަރުކާރަށް ވެސް ފާޑުވިދާޅުވަމުންނެވެ. އަލްހާން ވިދާޅުވީ 2005 ވަނަ އަހަރުން ފެށިގެން މާލޭސިޓީގެ ވެރިކަން ކުރައްވަމުން އައިސްފައިވަނީ އެމްޑީޕީއިންކަމަށާއި، އެއް ޕާޓީއަކުން މާލޭ ސިޓީގެ ވެރިކަން ކުރަމުން އަންނަތާ 15 އަހަރުވެފައިވާކަށާއި، ބަދަލެއް ގެންނަން ވެއްޖެކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އަލްހާންގެ އިތުރުން، ދެން ވާދަކުރައްވަނީ އެމްޑީޕީގެ ޓީކެޓުގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރާއި، ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރު އަދި އެ ޕާޓީގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: