ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޟްޙާ ޢީދު ހަވީރު 1447: އެމްއޭސީއެލްގެ ފަރާތުން ކުލަގަދަ ހަރަކާތްތަކެއް ހުޅުމާލެ ސެންޓްރަލް ޕާކުގައި!

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ކުރިއަށްގެންދާ ”ޢީދު ހަވީރު 1447“ ފެސްޓިވަލުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ބައިވެރިވުމަށް ނިންމައިފިއެވެ.

މި ފެސްޓިވަލް ކުރިއަށް ދާނީ މޭ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގެ ތެރެއިން އެމްއޭސީއެލްގެ ޚާއްސަ ސްޓޯލްތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ފެނިގެންދާނެއެވެ.

އެމްއޭސީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ހަރަކާތްތައް ފަރުމާކޮށްފައިވަނީ ދިވެހިވަންތަ ސަޤާފީ އާދަކާދަތަކަށް ވަރަށް ބޮޑަށް އިސްކަންދީގެންނެވެ. އެގޮތުން ކޯޑީ ހިފުމާއި، ބޮޑުބެރާއި، މާލީގެ އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ކުޑަކުދިންގެ މެދުގައި މަޤްބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެކި ދުވަސްތަކުގެ މަތިން އެމްއޭސީއެލްގެ ސްޓޯލުން ފެންނާނެއެވެ.

މި ފެސްޓިވަލުގައި ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ފަނުން ޒީނަތްތެރިކޮށްފައިވާ ޓްރީ ހައުސް އަކާއި، ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، އަދި ބަބުލް ހައުސް ފަދަ ޢާއިލީ ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުން، ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ކުރެވޭނެ އިންތިޒާމުވެސް ސްޓޯލްގައި ހުންނާނެއެވެ.

މި އަހަރުގެ ޢީދު ހަވީރުގެ އެންމެ ޚާއްސަ އެއް ކަމަކީ، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަގަނޑޭ) ގެ ހުނަރުތައް އެމްއޭސީއެލްގެ ސްޓޯލުން ދައްކާލުމަށް ހަމަޖެހިފައިވުމެވެ. އެމްއޭސީއެލްގެ ސްޓޯލް ހުންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގައެވެ.

އެމްއޭސީއެލްގެ ފަރާތުން ވަނީ އަޟްޙާ ޢީދުގެ މި އުފާވެރި ޢާއިލީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ދަޢުވަތެއް އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: