ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1447 ވަނަ އަހަރުގެ ހައްޖުވެރިން ފުރުވާލުމުގެ އޮޕަރޭޝަން އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ނިންމާލައިފި

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

1447 ވަނަ އަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ދަތުރުކުރާ އެންމެހާ ޙައްޖާޖީން ފުރުވާލުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްދިޔަ މި އޮޕަރޭޝަން މިހާ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދެވުނީ އެމްއޭސީއެލްގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ކުރެވުނު އިންތިޒާމުތަކުގެ ތެރެއިންނެވެ.

ޙައްޖާޖީން ފުރުވާލުމުގެ ކަންކަން ވީހާވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގެ މެނޭޖްމަންޓާއި، ޕެސެންޖަރ ސަރވިސަސް، ޓަރމިނަލް ސަރވިސަސް އަދި އެސްޓޭޓް ސެކިއުރިޓީ ސަރވިސަސްގެ އިތުރުން ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ހީވާގިކަމާއެކު މަސައްކަތް ކޮށްފައެވެ.

މި އަހަރުގެ ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެއަރޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ވޯޓަރ ފްރަންޓު އިމާރާތުގައި ހައްޖާޖީންނަށް ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ހައްޖުވެރިންނާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް މަޑުކޮށްގެން ތިބެވޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން ޙައްޖާޖީންނަށް ބޭނުންވާނެ ބޯފެނާއި، ވުޟޫކުރުމަށް ފަސޭހަ އިންތިޒާމުތައްވެސް އެމްއޭސީއެލްއިން ވަނީ ފޯރުކޮށްދީފައެވެ.

މި އަހަރުގެ ޙައްޖާޖީންނަށް ފޯރުކޮށްދިން ހިދުމަތްތައް ކާމިޔާބުކަމާއެކު ނިންމާލެވުނުކަން ފާހަގަކުރައްވައި، އެމްއޭސީއެލްގެ ފަރާތުން ވަނީ މި މަސައްކަތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހައްޖުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދެއްވާ އަހައްމިއްޔަތުކަމާއެކު، މިއަހަރުގެ ޙައްޖު ދަތުރުތަކުގެ އިންތިޒާމުތައް ފެނިގެންދިޔައީ ވަރަށް ތަރުތީބުކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: