ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒުގެ ދިފާއުގައި ނަޝީދު: ”އިސްތިއުފާ ދިނުމަކީ މަތިވެރި، އަބުރުވެރި އަމަލެއް“

ފައްޔާޒު އިސްމާއިލް ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ބަދަލް ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީގެ ތެރޭގައި މަގާމުގައި ހުރެގެން ކަންކަން ކުރުމަށް ޖާގަ ނެތްނަމަ އިސްތިއުފާ ދިނުމަކީ ވަރަށް މަތިވެރިކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ހއ. މުރައިދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި ފައްޔާޒު އިސްތިއުފާ ދެއްވީ ފެއިލްވެގެންތޯ އާންމު ފަރާތަކުން ކުރި ސުވަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވީ ފެއިލްވެގެން ނޫން ކަމަށާއި އިސްތިއުފާ ދިނުމަކީ ”މަތިވެރި ކަމެއް“ ކަމަށާއި، އެއީ ޝަރަފުވެރި އަދި އަބުރުވެރި އަމަލެއް ކަމަށެވެ.

ފައްޔާޒަކީ އައު ޖީލުގެ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވަމުން، އޭނާގެ މަސައްކަތުގެ އަޚްލާޤަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕާޓީގެ މެންބަރުންނާ ގާތުން މަސައްކަތްކުރެއްވުމަށް ބަހައްޓަވާ ޝައުޤުވެރިކަމަށް ނަޝީދު ވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އަދި ޕާޓީ ކުރިއަށް ގެންދިއުމުގައި ފައްޔާޒުގެ ޤާބިލުކަމާ މެދު ފުރިހަމަ އިތުބާރު އޮތްކަން ވެސް އެމަނިކުފާނު އެ ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.

ފައްޔާޒުގެ ކެމްޕޭން ހަރަކާތްތަކަށް އަލިއަޅުވާލައްވަމުން ނަޝީދު ފާހަގަކުރެއްވީ، ފައްޔާޒު ގިނަ ރަށްތަކަކަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އަޅާކިޔުއްވައި ފައްޔާޒުގެ ހީވާގިކަން ފާހަގަކުރައްވައި، ޕާޓީ ވަރުގަދަކުރުމަށް އޭނާ ކުރައްވާ މަސައްކަތްޕުޅަށް ނަޝީދު ތައުރީފުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ކުރިމަގު ބައްޓަންކުރުމުގައި ފައްޔާޒް ފަދަ ޒުވާން އަދި ހިންގުންތެރި ލީޑަރުންގެ ބޭނުންތެރިކަން ބޮޑު ކަމަށެވެ. މުރައިދޫގައި ތިބި އެމަނިކުފާނުގެ ހުރިހާ ސަޕޯޓަރުން ވެސް ފައްޔާޒަށް ތާއީދުކުރެއްވުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވައިގެން ހުންނެވި ނަޝީދު މިހާރު ގެންދަވަނީ ކެމްޕެއިނަށް ހއ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވައި ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލުކުރައްވަމުންނެވެ. އެ ދަތުރުފުޅުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ފައްޔާޒު ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވީ މިިދިޔަ އަހަރުގެ ނޮވެމްބަރު 23 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: