ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ ބަޔަކު ފެނިއްޖެ

ބަނޑޮސް އައިލެންޑް ރިސޯޓު. ބުރިޓިޝްއެއާރވޭސް ޑޮޓް ކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާރއައި މީރު އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭފަދަ ޢަލާމާތްތަކެއްހުރި ބަޔަކު ފެނިއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

މިކަން ހާމަކޮށް އެޗްޕީއޭއިން ކޮށްފައިވާ ދެ ޓްވީޓްގައިވަނީ، އެ ދެ ރިސޯޓުގައި އުޅޭ ބިދޭސީންތަކެއްގެ ގައިން، ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭފަދަ ޢަލާމާތްތަކެއް ހުރުމުން ސާމްޕަލްނެގުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

 

 

https://twitter.com/HPA_MV/status/1238583408311193600?s=20

ބަނޑޮސް އައިލަންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުވާފަދަ ޢަލާމާތްތަށްހުރި އެކަކު ފެނިފައިވާއިރު، މީރު އައިލެންޑް ރިސޯޓުން، އެ ވައިރަހަށް ޝައްކުކުރެވޭފަދަ ޢަލާމާތްތަށްހުރި ބަޔަކު ފެނިފައިވެއެވެ. އެހެންނަމަވެސް، އެއީ ކިތަށް މީހުންކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއްނުވެއެވެ.

https://twitter.com/HPA_MV/status/1238589492887318528?s=20

މީގެ އިތުރުން، އެޗްޕީއޭއިން ބުނީ، އެމީހުން ތިބީ ހޯމް އައިޝޮލޭޝަންގައިކަމަށާއި، އެ ދެ ރިސޯޓު ވެސް، މިހާރު މޮނިޓަރިންގއަށް ލެވިފައިވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: