ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ބަދަލުކުރިކަމަށް ބުނެ، ވ. ތިނަދޫ ކައުންސިލްގެ ރައީސް މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ / ފޮޓޯ: ސޯޝަލް މީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލަށް ޝުޖާއު އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގައެވެ. ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމު 3000 މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލައިފައެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް ”ސަންގުން“ ޝުޖާއުއަށް ގުޅުމުން އޭނާ ވިދާޅުވީ، ރަސްމީ ސިފައެއްގައި އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށް އަންގާފައެއް ނުވާކަމަށެވެ.

އެހެންނަމަވެސް، އެލްޖީއޭއިން ތިނަދޫ ކައުންސިލުގެ ނައިބު ރައީސް ސާމިރު އަހުމަދަށް ފޮނުވި ސިޓީއެއްގައި ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން ޝުޖާއު އެއްކިބާކޮށް ކައުންސިލުގެ އިދާރާއަށް ނުނިކުތުމަށް ޝުޖާއުއަށް ވަނީ އަންގައިފައެވެ.

ޝުޖާއު ”ސަންގު“އާ ހިއްސާކުރި އެ ސިޓީގައިވާ ގޮތުން އެ މުއްދަތުގައި ރައީސްގެ މަސްއޫލިއްޔަތު ކައުންސިލުގެ ނައިބު ރައީސް ސާމިރުއާ ވަނީ ހަވާލުކޮށްފައެވެ.

އެލްޖީއޭއިން މިމަހުގެ 4 ވަނަ ދުވަހު ފޮނުވި އެ ސިޓީގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކުޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީނުން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ދަފްތަރުވުމުން ކައުންސިލުގެ މެމްބަރުކަމުގެ މަގާމުން ވަކިވާނެ ކަމުގައި ބަޔާންކޮށްފައިވާތީ ބޯޑުން ވަކި ގޮތެެއް ނިންމަންދެން ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެއްކިބާވުމަށް ޝުޖާއުއަށް އަންގަވައިދެއްވުމަށެވެ.

މިކަމާއި ގުޅިގެން ސަންގުން ޝުޖާއުއާއި ސުވާލުކުރުމުން އޭނާ އިތުރަށް ވިދާޅުވީ، ރަސްމީ ސިފައެއްގައި އޭނާއަށް މިކަން ނާންގާކަމަށެވެ. އެހެން ނަމަވެސް ބުދަ ދުވަހުގެ އިރުއޮއްސުނުހާއިރު އެލްޖީއޭއިން އޭނާއަށް ގުޅިކަމަށާއި އަދި ގާނޫނާއި ޙިލާފުވެފައިވާކަމަށް ބުނެ ބޯޑުން ވަކި ގޮތެއް ނިންމަންދެން އޮފީހަށް ނުނިކުތުމަށް އެންގިކަމަށެވެ. ޝުޖާއު ވިދާޅުވީ، އޭނާ ޕާޓީ ބަދަލު ނުކުރާ ކަމަށެވެ. އެހެންނަމަވެސް އޭޕްރިލް މަހުގެ 23 ވަނަ ދުވަހު މެމްބަރުން ހަމަނުވާކަމަށް ބުނެ ޑިމޮކްރެޓްސް އުވާލަން އިއުލާނުކުރުމުން އޭނާ ދިވެހި ރައްޔިތުންގެ ޕާޓީ އެމްޑީޕާއި ގުޅިވަޑައިގަތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭއިން ބުނި ގޮތުގައި، ޝުޖާއު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފްތަރު ވެފައި ވަނީ މިދިޔަ މަހުގެ 19 ގައެވެ. އެއީ ލޯކަލް ކައުންސިލުތަކުގެ މި ހިނގާ ދައުރަށް އިންތިހާބުވީ މެންބަރުން ހުވާކުރި ދުވަހެވެ.

ޝުޖާއު އަކީ ނިމިދިޔަ ދައުރުގެ ވ. އޮތޮޅު ކައުންސިލްގެ ރައީސްކަން ފާހަގަކޮށްލެވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި އޮންނަ ގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓެއްގައި ވާދަކޮށްގެން އިންތިޚާބުވުމަށްފަހު އެ ހިނގާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

މި މައްސަލައިގައި ޝުޖާއުގެ ގޮނޑި ގެއްލުވާލައިފިނަމަ އޭނާ ވާނީ ޕާޓީ ބަދަލުކުރި މައްސަލައެއްގައި ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: