ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބާމެދު އިތުރަށް ކުރިއަށްދާނެ ގޮތެއް އީސީން މާދަމާ ނިންމަނީ

ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގެ ތެތެއިން: ފޮޓޯ އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އެޕްރީލް މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާމެދު އިތުރަށް ކުރިއަށް ދާނެ ގޮތެއް މާދަމާ ނިންމާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އިންތިހާބުގެ ކަންކަން އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް މާދަމާ ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާ އިއުލާން ކުރާނެ ކަމަށް އީސީން ބުނެފައިވާއިރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައިވީނަމަވެސް މިހާރު ވަނީ އެ ތާރީޙު އެޕްރީލް މަހުގެ18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. 

އިންތިހާބުގެ ވޯޓުލުން ފަސްކުރުމުން ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީން ބުނެފައި ވަނީ މިހާރު ގައުމުގެ ހާލަތު ހުރި ގޮތުންނާއި އަދި އިންތިހާބުގައި ވޯޓުލުމަށް ިމިހާރު  ކަނޑައަޅާފައިވާ ތާރީހަށް ބަލާއިރު އިންތިހާބުގައި ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ދޭންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ލިބިގެން ނުދާ ކަމަށެވެ. އެހެން ކަމުން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ގާނޫނުގައި ދީފައިވާ ވަގުތު ލިބޭނެ ގޮތަކަށް އިންތިހާބުގެ ކަންކަން ހަމަޖެއްސުމަށް އެމްޑީޕީން ވަނީ އީސީއަށް ގޮވާލާފައެވެ. 

އެމްޑީޕީން މިގޮތަށް ގޮވާލާފައިވާއިރު މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށް އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވިއެވެ. އެގޮތުން ގައުމީ ލަފާދޭ ކޮމެޓީން ދިން މަޝްވަރާތަކާއި މެދު މާދަމާ ބާްވާ ކޮމިޝަންގެ ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާ އެކަން އިއުލާން ކުރާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. 

ކައުންސިލް އިންތިހާބުގެ ވޯޓުލުން އީސީން ފާސްކޮށްފައި މިވަނީ މިހާރު މުޅީ ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައޮރަސް ރާއްޖެއިން ފެނިފައިވާތީ އިންތިހާބު ފާސްކުރުމަށް ގިނަ ބަޔަލު ގޮވާލަމުންދަނިކޮށެވެ. އަދި ކޮރޯނާވައޮރަސްއާއި ގުޅިގެން އިންތިހާބަށް ކުރާ ކެންޕޭންތައް އިންތިހާބުގައި ވާދަ ކުރައްވާ ހުރިހައި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވަނީ ހުއްޓާލާފައެވެ. އަދި އެއްވުންތައް ބޭވުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: