ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށް، ހަށިވިއްކަން މަޖުބޫރުކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ބަންދަށް

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަނބިމީހާ ކޮޓަރީގައި ބަންދުކޮށް، ހަށިވިއްކަން މަޖުބޫރުކުރި ބިދޭސީއަކު ހައްޔަރުކޮށް އޭނާ 10 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ނަހީދުލް އިސްލާމް ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުން ފުލުހުން އޭނާގެ މައްޗަށް ކުރަނީ އިންސާނީ ވަގުފާރިކުރުމުގެ ތުހުމަތެވެ.

އެ އަމުރުގައިވާ ގޮތުން އޭނާގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށް ހަށިވިއްކަން މަޖުބޫރުކުރުވި ކަމަށް އަނބިމީހާ ވަނީ ފުލުހުންނަށް މައުލޫމާތު ދީފައެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބަންދު އަމުރުގައިވެއެވެ. އެގޮތުން ހާދިސާ ރިޕޯޓާއި ފުލުހުންގެ ބަޔާނާއި ވިކްޓިމްއާ ލިޔުންތައް ފުލުހުން ހުށަހަޅާފައިވެއެވެ.

ނަމަވެސް، ބަންދު އަޑުއެހުމުގައި ނަހީދުލް އިސްލާމް ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެފައެވެ.

މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، އޭނާ 10 ދުވަހަށް ބަންދުކުރަން ގާޒީ އިބްރާހިމް ޒިހުނީ އިއްޔެ ނިންމެވީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރަައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: