ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: އެމްޑަބްލިއުއެސްސީން ކޮންމެ ގެއަކަށް އެއް ޓަނު ފެން ހިލޭ!

ކޮރޯނާ ވައިރަސް: އެމްޑަބްލިއުއެސްސީން ކޮންމެ ގެއަކަށް އެއް ޓަނު ފެން ހިލޭ!
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސް އާއި ގުޅިގެން، ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑުތަނުން ދަށްވާން ފަށާފައިވާއިރު އަދި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ކޮންމެ ގެއަކަށް އެއް ޓަނު ފެން ހިލޭ ދިނުމަށް އެމްޑަބްލިއުއެސްސީއިން ނިންމައިފި އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ ހާލަތު ގެނެސްދިނުމަށް ކުރިޔަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި ގޮތުގައި، ކޮންމެ ގެއަކަށް ހިލޭ އެއް ޓަނު ފެން ދިނުމަށް އެމްޑަބްލިއުއެސްސީއިން ނިންމާފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ އޭގެ އުސޫލުތައް ވަރަށް އަވަހަށް އެމްޑަބްލިއުއެސްސީއިން ހިއްސާކުރާނެ ކަމަށެވެ.

މިހާތަނަށް ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް 10 މީހަކު ފެނިފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ) އިން ވަނީ، އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލިބޭ ބާރުތަކުން މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.ދު

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: