ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިރަސް ފެނި ފިލިޕީންސްގެ ވެރިރަށް މެނީލާ ލޮކްޑައުން: 117 ދިވެއްސެއް އެމްބަސީގައި ރެޖިސްޓްރީކޮށްފި

ވައިރަސް ފެނި ފިލިޕީންސްގެ ވެރިރަށް މެނީލާ ލޮކްޑައުންކުރުން - ފޮޓޯ: ފިލިޕީންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިލިޕީންސްގައި ތިބި ދިވެހިން ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީގައި ރެޖިސްޓްރީ ވާން ސަރުކާރުން ހުޅުވާލުމުން މިހާތަނަށް 117 ދިވެހިން އެ ގައުމުން ރެޖިސްޓްރީކޮށްފައިވާކަމަށް މީޑިއާތަކަށް ކޮރޯނާއާއި ބެހޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ފިލިޕީންސްގެ ވެރިރަށް މެނީލާ ވަނީ އެކީ ލޮކްޑައުން ކުރެވިފައެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ މެޑިސިން ކިޔަވާ ދަރިވަރުން މެނީލާގައި ތައުލީމް ފުރިހަމަކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. ސަރުކާރުން ވަނީ، މެނީލާ ލޮކްޑައުން ކުރުމާއި އެކު ފިލިޕީންސްގައި ތިބި ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަކަން ހާމަކޮށްފައެވެ. އަދި މިހާތަނަށް އެއްވެސް ދިވެއްސަަކަށް ގެއްލުމެއްވެ ރިޕޯޓެއް ލިބިފައިނުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ރޭ، ރޭގަނޑު ބޭއްވި ޕްރެސްކޮންފަރެންސްގައި އެކަމާއި ބެހޭ އިތުރު ތަފައްސީލު ދެއްވަމުން މަބްރޫކް ވިދާޅުވީ ރެޖިސްޓްރީ ކުރި އެންމެނަކީ އެއީ އަދި ދަރިވަރުންނެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި އެ ގައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންވެސް ހިމެނޭކަން މަބްރޫކްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. މަބްރޫކް ވަނީ، ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ވެސް ގާތުން ބަލަމުން އަންނަކަން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

https://twitter.com/mabrouq/status/1238540856031768576

ލިޕީންސްއިން ކޮރޯނާ ވައިރަސް ޖެހިފައިވާ 111 މީހަކު ފިލިޕީންސް އިން ފެނިފައިވާއިރު އެ ގައުމުން މި ވައިރަސްގެ ސަބަބުން 8 މީހަކު ވަނީ މަރުވެފައެވެ.

މަބްރޫކް ވިދާޅުވީ، އެ ގައުމުގައި ތިބި ދިވެހިން ގައުމަށް އެނބުރި އަންނަން ބޭނުންވާކަމަށް ވާނަަމަ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެހެން މަމަވެސް ހޮނިހިރު ދުވަހުގެ ނިޔަލަށް ރެޖިސްޓްރީކޮށްފައި ތިބި ފަރާތްތަކަށް ބަލާއިރު އެއްވެސް މީހަކު ރާއްޖެ އަންނަން އެދިފައި ނުވާކަމަށެވެ.

ފިލިޕީންސްގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދިރިއުޅެމުން އަންނަ މެލޭޝިއާއިން 238 ކޭސް އަދި ސިންގަޕޯރ އިން 212 ކޭސްއެއް ވަނީ ފެބިފައެވެ. އޭގެ އިތުރުން އޮސްޓްރޭލިއާއިން 248 ކޭސް ފެނިފައިވާއިރު ޔޫކޭއިން 1،140 މީހަކު ވަނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.

ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އިއުލާނުކޮށްފައެވެ.

އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ވަނީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލިބޭ ބާރުތަކުން މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: