ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމީރު އިސްތިއުފާ ދެއްވީ ރައީސް އަންގަވައިގެނެއް ނޫން، ސިއްހީ ހާލަތު ހުރި ގޮތުން: މުންދު

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސް ތަރުޖަމާން މުންދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޭންސް މިނިސްޓަރުގެ މަގާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ނޫން ކަމަށާއި އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ފެށުނީއްސުރެ ވަޒީރަކަށް ހުންނެވި ޒަމީރު ފިނޭންސް މިނިސްޓަރުކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، އެކަމާ ގުޅޭގޮތުން ”ސަންގަށް“ މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ވެެސް ޒަމީރުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދިނެވެ. އޭރު ވެސް އިސްތިއުފާ ދެއްވަން ރައީސްގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށާއި، އޭރު މަޑުކުރެއްވީ ގައުމުގެ މާލީ ހާލަތު ހުރި ގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން ކަމަށެވެ.

މުންދު ވިދާޅުވީ، ޒަމީރު އިސްތިއުފާ ދެއްވީ ރައީސް އަންގަވައިގެން ކަމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ޒަމީރުގެ ވަޒީރުކަމުގައި މި އަހަރު ސަރުކާރުން ވަނީ އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަންޏާއި އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ އިތުރުން 500 މިލިއަން ޑޮލަރުގެ ސްކޫކު ވެސް ދައްކައި ހަލާސްކޮށްފައެވެ.

މި އަހަރު އެ ދަރަނި ދައްކާފައިވާއިރު، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗު ރޭޓިންސް އިން ރާއްޖޭގެ ރޭޓިން ’ސީސީ‘ އިން ’ސީސީސީ-’އަށް ވަނީ މަތިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: