ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ޑިއުޓީގައި އުޅުއްވަނިކޮށް ނިޔާވި ފުލުހުސް އޮފިސަރަށް މަގާމުގެ ކުރިއެރުން ދީފި

ފޮޓޯ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ޑިއުޓީގައި އުޅުއްވަނިކޮށް ނިޔާވި ފުލުހުންގެ ސީނިއާ ސާޖަންޓް، އަހުމަދު އާސިފަށް މަގާމުގެ ކުރިއެރުން ދީފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، އާސިފް ދެއްކެވި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން، އޭނާއަށް މިއަދު ވަނީ ”ސަބް އިންސްޕެކްޓާ އޮފް ޕޮލިސް“ގެ ރޭންކު އަރުވާފައި ކަމަށެވެ.

އާސިފް ނިޔާވީ، ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާ ގެއްލުމާ ގުޅިގެން ފުލުހުން ކުރި ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ފެނިފައިވަނީ މޫދު އަޑިންނެވެ. މޫދު އަޑިން އޭނާ ނެގުމަށްފަހު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ.

މި މަގާމުގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަޙްމަދު އާސިފް އަދާކުރެއްވި އިހުލާސްތެރި ދައުރާއި، ކުރެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ޝަރަފެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އަޙްމަދު އާސިފް ދެއްކެވި ނަމޫނާއާއި، ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކު ކަމަށެވެ.

އާސިފްގެ ވަކިވެދިއުމަކީ މުއައްސަސާއަށާއި، އޭނާ ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި މި ގައުމަށް ލިބުނު ފުން ހިތާމައެއްކަން ފާހަގަކޮށް ފުލުހުން ވަނީ އާސިފްގެ އާއިލާއަށާއި، ލޯބިވާ ފަރާތްތަކަށް، އަދި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ތައުޒިޔާ ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: