ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖެއަށް ހިމަބިހި ވެކްސިންގެ 20،000 ޑޯސް ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް ވެކްސިން ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިމަބިހި ވެކްސިންގެ 20،000 ޑޯސް ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނީ، އިންޑިއާއިން ރާއްޖެއަށް މެދުކެނޑުމެއް ނެތި ދެމުންދާ އެހީތެރިކަން އަދިވެސް ދެމިއޮތް ކަމަށެވެ. އެގޮތުން އިއްޔެ ރާއްޖެއަށް އެމްއާރް ވެކްސިން ނުވަތަ ހިމަބިހި ވެކްސިންގެ 20،000 ޑޯސް އާއި ތިން ޓަނުގެ އިތުރު މެޑިކަލް ސަޕްލައި ހަދިޔާކޮށްފައިވާ ކަމަށް އެމްބަސީން ބުންޏެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ހަދިޔާކުރި ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ. އިންޑިއާގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޖީ. ބަލަސުބްރަމާނިއަމްއެވެ.

އެ އެހީއަކީ ރާއްޖޭގައި ހިމަބިހި އިތުރުވަމުންދާތީ އެ ބަލި ކޮންޓްރޯލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ހަދިޔާކުރި ތަކެތި ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ.

އޭގެ އިތުރުން، ރާއްޖެއަކީ އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް އިސްކަންދޭ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން ހާއްސަ ދަރަޖައެއް ދޭ ގައުމެއް ކަމަށް ވެސް އިންޑީއާ އެމްބަސީން ބުންޏެވެ.

ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ފަދަ ކަންކަމުގައި ރާއްޖޭގެ ސަރުކާރާއެކު މަސައްކަތްކުރުމުގައި ދެމި އޮންނާނެކަމުގެ ޔަގިންކަން ވެސް އެމްބަސީން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: