ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީ ފަތުރުވެރިޔާގެ މައުލޫމާތު ކުރެއްދޫ ރިސޯޓުން އެޗްޕީއޭއަށް އަންގާފައެއް ނުވޭ، މައުލޫމާތު ސިއްރުކުރި: ފުލުހުން

ފްލޫ ކްލިނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރެއްދޫ ރިސޯޓަށް އައި އިޓަލީ ފަތުރުވެރިޔާގެ ކިބައިން ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނިފައިވީނަމަވެސް ރިސޯޓުން އެންމެ ފުރަތަމަ މައުލޫމާތުތައް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އާއި ހިއްސާކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ. 

ކުރެއްދޫގައި ހުރި އިޓަލީގެ ޓޫރިސްޓް މީހާ ފުރައިގެން ދިޔަ މައްސަލައިގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ  މިހާތަނަށް ތަހުގީގަށް އެއް ކުރެވުނު މައުލޫމާތުތަކަށް ބަލާއިރު، ކޮވިޑްގެ އަލާމާތްތައް ޓޫރިސްޓް މީހާގެ ގައިން ފެނުނުކަން ޔަގީންވެފައިވާ ކަމަށެވެ. 

ހަމައެހެންމެ ރިސޯޓުން ފުރަތަމަ ނިންމީ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި ފަތުރުވެރިޔާގެ މައުލޫޟާތު ހިއްސާ ނުކުރުމަށްކަން މިހާތަނަށް ކުރި ތަހުގީގުން އެނގޭ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ. ނަމަވެސް ކުރެއްދޫ ރިސޯޓުގެ  ޑޮކްޓަރު އެޗްޕީއޭގެ ހޮޓްލައިނަށް  ގުޅި ކަމަށާއި ގުޅައިގެން ވާހަކަ ދެއްކެވުނީ ކޮރޯނާ ވައިރަސްގެ ހަލާތަށް އޭރު ސަރުކާރުން ނިންމާފައިވާ ނިންމުންތަކާއި ކޮރޯނާ ވައިރަސްގެ ކްރައިޓީރިއާތައް ޑޮކްޓަރު ސާފްކުރި ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

ރިޔާޒް ވިދާޅުވީ ކުރެއްދޫ ރިސޯޓުން ފަތުރުވެރިޔާގެ ކިބައިން ކޮރޯނާ ވައިރަސް ހުރިކަން އެނގިތިބެ ގަސްތުގައި ސިއްރުކުރީކަން ނުވަތަ ނޫންކަން އަދި ދަންނަވަން ނޭނގޭ ކަމަށާއި އެގޮތުން ފަތުރުވެރިޔާއަކީ ކޮރޯނާ ވައިރަސްއަށް ޕްޒިޓިވް މީހެއްކަން ނޭނގޭ ކަމަށް ރިސޯޓުން ބުނި ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

އިޓަލީ ފަތުރުވެރިޔާގެ މައުލޫމާތު ހިއްސާ ކުރަމުން ރިޔާޒް ވިދާޅުވީ ފަތުރުވެރިޔާ ރާއްޖެއައީ 23 ފެބްރުއަރީގައި ކަމަށާއި އަދި އޭނާ އެންމެ ފުރަތަމަ ބަލިވެގެން ޑޮކްޓަރަށް ދެއްކީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިޔާއަކީ ބަލި މީހެއް ކަމަށާއި އެހެން ކަމުން އޭނާ އެދުވަހު ޑޮކްޓަރަށް ދެއްކީ އޭނާ ބޭނުން ކުރަމުން ދިޔަ ބޭސް ބޭނުން ކުރުން އެންމެ ރަނގަޅުތޯ ބެލުމަށް ކަމަށާއި އަދި ޑޮކްޓަރަށް ދެއްކުމުން ފަތުރުވެރިޔާ އެދުވަހު ހުރީ ކޮންމެވެސް ވަރަކަށް ހުން އައިސްފައި ކަމަށްވުމުން އޭނާ ބޭނުން ކުރަމުންދިޔަ ބޭސް ބޭނުން ކުރުމަށް ޑޮކްޓަރު ލަފާ ދެއްވި ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

ރިޔާޒް ވިދާޅުވީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފަތުރުވެރިޔާ ރިސޯޓުގެ ރެސްޓޯރެންޓުގައި ހުއްޓާ ފެއިންޓްވުމުން ރިސޯޓުގެ ކްލިނިކަށް ގެންގޮސް ފަރުވާ ދިން ކަމަށާއި އެގޮތުން އެ ދުވަހުގެ ހަވީރުގެ ވަގުތާއި ހަމައަށް ފަތުރުވެރިޔާއަށް ފަރުވާ ދިނުމަށް ފަހު ރޫމަށް ބަދަލު ކުރެވުނު ކަމަށާއި އަދި ރޫމަށް ބަދަލު ކުރެވުނުއިރު ފަތުރުވެރިޔާގެ ހަށިގަނޑުގައި ހުމުގެ އަސަރެއް ނެތް ކަމަށް ޑިކްޓަރު ބުނި ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭގެ ފަހުން ފަތުރުވެރިޔާއަށް ހިދުމަތް ދެމުން ގެންދިޔައީ އޭނާ ރޫމުގައި ބަހައްޓައިގެން ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ. 

މީގެއިތުރުން ރިޔާޒް ވިދާޅުވީ ފެބްރުއަރީ މަހުގެ 27 ވަނަ އަނެއްކާވެސް ފަތުރުވެރިޔާ ޑޮކްޓަރަށް ދެއްކި ކަމަށާއި އަދި އެދުވަހު ފަތުރުވެރިޔާ ޑޮކްޓަރަށް ދެއްކީ އޭނާގެ ކަރަށް ތަދުވާތީ ކަމަށާއި އަދި އެކި ވަގުތުތަކުގައި އޭނާގެ ހަށިގަނޑުގައި ހުމުގެ އަސަރު ހުންނަ ކަމަށް ފަތުރުވެރިޔާ ޑޮކްޓަރުގެ ގާތުގައި ބުނި ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

ރިޔާޒް ވިދާޅުވީ ފަތުރުވެރިޔާ ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ފަތުރުވެރިޔާގެ ހާލަތު އިތުރަށް އެނގޭނީ ޓެސްޓުތަކެއް ހަދައިގެން ކަމަށް ޑޮކްޓަރު ބުނި ކަމަށާއި އެގޮތުން ފަތުރުވެރިޔާގެ ފަރާތުން ފެންނަ އަލާމާތްތަކަކީ ކޮރޯނާ ވައިރަސްގެ އަލާމާތްތަކެއްތޯ ނުވަތަ ނޫންތޯ ސާފްވާނީ އިތުރު ޓެސްޓްތަކެއް ހަދައިގެންކަން ޑޮކްޓަރު ބުނި ކަމަށާއި ނަމަވެސް އެކަމަށް ފަތުރުވެރިޔާ އިންކާރު ކުރުމުން އެފަދަ ޓެސްޓްތަކެއް ހެދިފައި ނުވާކަން މިހާތަނަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ފަތުރުވެރިޔާ ޓެސްޓުތައް ހަދަން އިންކާރު ކުރުމުން އޭނާ ބެޑްރެސްޓް ކުރުމަށް ޑޮކްޓަރު ލަފާ ދެއްވުމަށް ފަހު އޭނާ އަށް ބޭސް ދިން ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

ރިޔާޒް ވިދާޅުވީ ފަތުރުވެރިޔާ ކޮޓަރިއަށް އަނބުރާ ފޮނުވާލުމަށްފަހު، ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރިކަމުގެ މަޝްވަރާތަކެއް ރިސޯޓުގެ މެނޭޖްމަންޓާއި އިސް މުވައްޒަފުންނާއެކު ޑޮކްޓަރު ކުރެއްވިކަމަށާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހޮޓްލައިން ނަންބަރަށް ގުޅުމާމެދުވެސް މަޝްވަރާ ކުރެވުނުކަމަށް ރިޔާޒް ވިދާޅުވި އެވެ.

ނަމަވެސް، ރިސޯޓު ޑޮކްޓަރުގެ ކަންބޮޑުވުންތައް ހުރުމުން، އޭނާ އަމިއްލައަށް އެޗްޕީއޭގެ ހޮޓްލައިނަށް ގުޅިކަމަށެވެ. ނަމަވެސް، އޭރުވެސް ޑޮކްޓަރު ސާފުކޮށްފައިވަނީ، ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކަށް ފެތޭ މިންގަޑަށް ބަދަލެއް އައިސްފައިވޭތޯ އާއި ކޮވިޑް-19 ފެތުރޭ ގައުމުތަކުން އައިސްތިބޭ ފަތުރުވެރިންނާމެދު އަމަލުކުރާ އުސޫލަށް ބަދަލެއް އައިސްފައިވޭތޯކަމަށް ރިޔާޒް ހާމަކުރެއްވި އެވެ.

ރިޔާޒް ވިދާޅުވީ މާޗް 1 ދުވަހު އޭނާ ރިސޯޓުން ފުރުވާލައި، އެނބުރި ގައުމަށްދާން އެއާޕޯޓް ޗެކްއިންގައި ހުއްޓައި އޭނާ ދެ ފަހަރެއްގެ މަތިން އަނބުރާ ގަނެގެން ވެއްޓުނުކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ފުރަން ބޯޓަށް އެރުވީ ވީލްޗެއާއެއްގައި ކަމަށާއި، ނަމަވެސް، އޭނާ ރިސޯޓުގައި ހުރި އިރުވެސް ސިއްހީ މައްސަލަތަކެއް ހުރިކަމަށް ބޯޓުގައިތިބި އެހެން ފަތުރުވެރިންގެ ފަރާތުން ކެޕަޓަނަށް މައުލޫމާތު ލިބުމާއެކު، އޭނާ ގޮވައިގެން ދަތުރުކުރުމަށް ކެޕްޓަން އިންކާރު ކުރިކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ބޯޓުން ބޭލުމުން އެ މީހާ ވަނީ އެއާޕޯޓުގައި ހުންނަ ޕޯޓް ހެލްޓު ކްލިނިކަށް ގެންގޮސްފައި ކަމަށާއި، ނަމަވެސް އޭރު އޭނާގެ ފަރާތުން ހުމުގެ މާބޮޑު އަސަރެއް ފެންނަން ނެތް ކަމަށެވެ. އަދި އެމީހާއަށް އިނގިރޭސި ނޭނގޭތީ، އޭނާގެ ފަރާތުން މައުލޫމާތު ހޯދުމަށްވެސް ކްލިނިކްގައި ތިއްބެވި ބޭފުޅުންގެ އިތުރުން އެއާޕޯޓް އޮފިސަރުންނަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެއާއެކު އޭނާ މާލެގޮސް، މާގިރި ހޮޓަލުގައި މަޑުކޮށް، ޖެހިގެން އައި ދުވަހު އެނބުރި ގައުމަށް ފުރައިގެން ދިޔައީ ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

އިޓަލީ ފަތުރުވެރިޔާ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްކަން ރިސޯޓަށް އެންގީ ފަތުރުވެރިޔާ އަމިއްލައަށް ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ރިޔާޒް ވިދާޅުވީ ފަތުރުވެރިޔާ ކޮރޯނާ ވައިރަސްއަށް ޕްޒިޓިވްކަން އެންގީ ފަތުރުވެރިޔާ ނޫން ކަމަށާއި އެކަން ސާފްކުރީ ރިސޯޓުން ފަތުރުވެރިޔާއަށް ގުޅައިގެން ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ފަތުރުވެރިޔާ ކޮރޯނާ ވައިރަސްއަށް ޕްޒިޓިވްތޯ ރިސޯޓުން ސާފްކުރީ ފަތުރުވެރިޔާއަށް ފަރުވާ ދިން ޑޮކްތަރުގެ ކިބައިން ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުންކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ. 

ނަމަވެސް ރިޔާޒް ވިދާޅުވީ އިޓަލީ ފަތުރުވެރިޔާގެ ކިބައިން ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު ކަމަށް ރިސޯޓަށް ގަބޫލު ކުރެވުނު ނަމަވެސް އެކަން އެޗްޕީއޭއަށް އަންގާފައި ނުވަނީ އެކަން ސިއްރު ކުރުމުގެ ގޮތުންތޯ ނުވަތަ ނޫންތޯ އަދި އެކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ސާފްވާނީ ނުވަތަ ޔަގީން ކުރެވޭނީ ތަހުގީގު އެއްކޮށް ނިމުމުން ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

https://www.facebook.com/SanguTelevision/videos/205331830732219/?epa=SEARCH_BOX

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: