ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާ ޓްރެކު ސަރަހައްދުން ގެއްލުނު އެއާޕޮޑެއް ޓްރެކްކޮށްގެން ވަގަށް ނެގި މީހާ އަތުލައިގެންފި

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދުވާ ޓްރެކް ސަރަހައްދުން ވަގަށް ނެގި އެއާޕޮޑެއްގެ ލޮކޭޝަން ޓްރެކްކޮށްގެން އެ އެއާޕޮޑް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ މީހެކެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އެ މީހާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްފައިވަނީ އިއްޔެއެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި އޭނާއަށް ލިބިދޭ ގާނޫނީ ހައްގުތައް އަންގައިދީފައިވާއިރު، އޭނާ ނިންމާފައިވަނީ ވަކީލެއްގެ އެހީތެރިކަމާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ފުލުހުންގެ ތަހުގީގު ޓީމުން ކޯޓުގައި ބުނެފައިވާ ގޮތުގައި، ވަގަށް ނަގާފައިވާ އެއާޕޮޑްސް ހޯދާފައިވަނީ އޭގެ ލޮކޭޝަން ޓްރެކްކޮށްގެނެވެ. މި މައްސަލާގައި އެ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތުން ބުނާބުނުމާއި، ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ކޯޓުން ވަނީ ތަހުގީގު އަދި ނިމިފައި ނުވާތީ އާއި، މި މަރުހަލާގައި އޭނާ ދޫކޮށްލައިފިނަމަ ހެކިބަހަށް ނުފޫޒު ފޯރުވުމާއި ހެކި ފޮރުވުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ، 19 ޖޫން އިން ފެށިގެން 4 ޖުލައި 2026 ގެ ނިޔަލަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހައްޔަރުކުރެވުނު މީހަކީ މީގެ ކުރިންވެސް ހައްޔަރު/ ބަންދުގެ ރެކޯޑްތައް ގިނަ އަދަދަކަށް އޮތް މީހެކެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވައްކަމުގެ މައްސަލަތަކަކީ ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓްކުރެވޭ އެއް ކުށެވެ. ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2026 ވަނަ އަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން 960 ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ހުޅުމާލެ ފޭސް 2 އިން އެކަނިވެސް 135 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: