ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއޯއީތަކަށް ރިސޯޓު ތަރައްގީކުރުމަށް ރަށާއި ބިން ދޫކުރުމާއި ގުޅޭ ގަވާއިދު އާއްމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ކުންފުނިތަކަށް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރުމާއި ގުޅޭ ގަވާއިދު އެކުލަވައިލައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން ގެޒެޓުގައި ޝާއިއުކޮށްފައިވާ މި ގަވާއިދުގެ މަގްސަދަކީ ދައުލަތުގެ ކުންފުނިތަކުން ރިސޯޓު ތަރައްގީކޮށް ހިންގުމަށް އެކި ތަންތަން ކުއްޔަށް ދިނުމާއި، ދެވޭނެ ހާލަތްކާއި އަދި ޝަރުތުތައް ބަޔާންކޮށް ކަނޑައެޅުމެވެ.

ރިސޯޓު ތަރައްގީކުރުމަށް ތަންތަން ކުއްޔަށް ދެވޭނީ މަދުވެގެން ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ. އެ ގަވައިދުގެ ދަށުން ރިސޯޓެއް ތަރައްގީ ކުރުމަށް ތަންތަން ކުއްޔަށް ދޭއިރު، ގަވައިދުގައި ބަޔާޏްކުރާ ހުރިހާ ލިޔެކިޔުމަކާއިއެކު ވަޒީރުންގެ މަޖިލީހަށް ހުށައަޅާނެވެ. އަދި އެއަށް ފަހު އެ ތަނެއް ފަތުރުވެރިކަމުގެ ބޭނުމަށް ރައީސް ކަނޑައަޅުައްވާނެ ކަމަށް ގަވައިދު ބުނެއެވެ.

އެސްއޯއީތަކަށް އެކި ތަންތަން ރިސޯޓު ތަރައްގީ ކުރުމަށް ދޭއިރު، ލީސް އެކުއިޒިޝަން ކޮސްޓުގެ މިންވަރު ކަނޑައަޅާނީ މިނިސްޓްރީން ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އެގޮތުން މި ލީސް އެކުއިޒިޝަން ކޮސްޓު އެމްއެމްއޭއަށް އެއްފަހަރާ ދައްކަން ޖެހެއެވެ. އަދި ގަވައިދުގެ ދަށުން ލީސް އެކުއިޒިޝަން ކޮސްޓު ސަރުކާރުން އެ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާއިން އަޅައިކަނޑައިދިނުމަށް އެދިއްޖެ ހާލަތުގައި އެކަން ކުރެވޭނެއެވެ.

އެސްއޯއީއަކަށް ތަނެއް ކުއްޔަށް ދޭން ނިންމާ ހާލަތުގައި ފަސްލައްކަ ޑޮލަރު ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ބާވަތްތަކުގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ޝަރުތު ކުރެވިދާނެއެވެ. ޓޫރިޒަމުގެ ގަވާއިދުގައި ވަނީ ކުލީގެ އެއްބަސްވުމުގެ މުއްދަތު އޮންނަހާ ހިނދެއްގައި ރިސޯޓު ތަރައްގީކުރާ ދައުލަތުގެ ކުންފުންޏެއްގައި އޮތް ސަރުކާރުގެ 45 ޕަސެންޓު ހިއްސާ ދަށްވާނެ ފަދަ ގޮތަކަށް ހިއްސާއަށް ބަދަލު ގެނެސްގެން ނުވާނެ ކަމަށެވެ.

މުޅި ރާއްޖޭގައި މަދުވެގެން 20 ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފައްޓާވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތ. މަޑިފުއްޓަށް 2024 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގައެވެ. ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު އޭރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރިސޯޓުތައް ތަރައްގީކުރަން ވަނީ ޕަބްލިކް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ނަމުގައި ކުންފުންޏެއްވެސް އުފައްދާފައެވެ. ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އިންވެސްޓަރުން ބަލައިގަންނަ ފަދަ ތަނަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: