ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން އަނެއްކާވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި

ދިރާގު މައި އޮފީސް. ފޮޓޯ: ކޯރަލްގްލާސްޑޮޓްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމަރުންނަށް ލުއިފަސޭހަކޮސްދިނުމުގެ ގޮތުން، ހޯމް ފިކްސްޑް ބްރޯޑްބޭންޑްގެ އެޑްއޮންތަކުން އޭޕްރީލްމަހުގެ ނިޔަލަށް %50 ގެ ޑިސްކައުންޓެއްދޭން ދިރާގުން ނިންމައިފިއެވެ.

ދިރާގުން ހާމަކުރިގޮތުގައި، ހިނގަމުންމިދާ މާޗްމަހުގެ ބާކީއޮތް ދުވަސްތަކާއި، ކުރިއަށް މިއޮތް އޭޕްރީލުމަހުގައި އެކްޓިވޭޓްކުރާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް އެޑްއޮންތަކަށް %50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށެވެ.

ދިރާގުން ފޯރުކޮށްދޭ މި ޚިދުމަތަކީ، ކޯވިޑް-19 އާއި ގުޅިގެން މަދަރުސާތަކާއި ކޮލެޖުތައް ބަންދުކޮށް ގިނަބަޔަކު ގޭގައިތިބޭ ދުވަސްވަރަކަށްވުމުން، އިންޓަނެޓުގެ ބޭނުން މުހިންމުވެފައިވާ ދަނޑިވަޅަކަށްވުމުން، ކަސްޓަމަރުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެގޮތުން، ނިންމާފައިވާ ނިންމުމެއްކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ދިރާގުގެ މޯބައިލް އެޕްލިކޭޝަނާއި، ދިރާގު ވެބްސައިޓުގައިވާ މައި އެކައުންޓު މެދުވެރިކޮށް އެޑްއޮންތަކަށް އެކްޓިވެޓްކުރެވޭނެކަމަށާއި، ކަސްޓަމަރުންނަށް އިންޓަނެޓު ބެނުންކުރެވޭވަރުގެ ނޮޓިފިކޭޝަންހޯދުމަށް ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން ވެސް އެކްޓިވޭޓުކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން، ދިރާގުންދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަށް މެދުވެރިކޮށްދެމުންނެވެ. މި ގޮތުން، ދިރާގުންވަނީ މި މަހާއި، އަންނަ އޭޕްރީލްމަހުގައި ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އިތުރު %30 ޕަސެންޓުގެ ޑޭޓާ ލިބޭނެގޮތަށް ހަމަޖައްސާފައެވެ.

ހަމަ އެހެންމެ، މި މަހާއި، އަންނަ އޭޕްރީލްމަހުގައި، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑާއި، ގެސްޓްހައުސް އިންޓަނެޓް ޕެކޭޖުތަކުންނަގާ ފީ އިން %25 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވެސް ދިރާގުންވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: