ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19އާއި ގުޅިގެން އެސްޓީއޯއިން ޚިދުމަތް ފޯރުކޮށްދޭ ގަޑިއަށް ބަދަލުތަކެއް ގެނެސްފި

ފޮޓޯ:އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއާއި ގުޅިގެން ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން( އެސްޓީއޯ) އިން، ޚިދުމަތްތައް ދެމުންގެންދާ ގަޑިއަށް ބަދަލުގެނެސްފިއެވެ.

މި ބަދަލަކީ، ކޯވިޑް-19 އާއި ދެކޮޅަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެސްޓީއޯގެ ވީހާވެސް ގިނަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދާތީ، މި އިންތިޒާމުތަކުގެ އެއްދުވަހުގެ ޓެސްޓެއް ހެދުމަށްޓަކައި، ގެނެވުނު ބަދަލެއްކަމަށާއި، ޚިދުމަތުގެ ގަޑިއަށް ބަދަލުއަންނާނީ ހަަމައެކަނި މިއަދުކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

މި ގޮތުން ”އެސްޓީއޯ ޕީޕަލްސް ޗޮއިސް ސްޓޭޕަލް ފްޑްސް“ ހުޅުވިފައި ހުންނާނީ، ހެނދުނު 08:00 އިން، ހަވީރު 04:00 އަށެވެ. ”އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އިމްޕްރޫވްމެންޓް“ ހުޅުވިފައި ހުންނާނީ، މެންދުރުފަހު 14:00 އިން، ރޭގަނޑު 22:00 އަށެވެ.

މީގެ އިތުރުން، އެސްޓީއޯއިން ހަމަޖައްސަމުންދާ އިންތިޒާމުތަކުގެ އެއްދުވަހުގެ ޓެސްޓެއް ހެދުމަށްޓަކައި، ރިސެޕްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ވަނީ ބަދަލެއް ގެނެސްފައެވެ. މި ގޮތުން، ސިޓީ، އެގްރީމަންޓް އަދި މިނޫންވެސް ލިޔުންތައް ފޮނުވާނީ މެއިލްކޮށްގެންކަމަށް އެސްޓީއޯއިން ބުނެއެވެ.

https://twitter.com/stoplc/status/1242139425607315463?s=20

ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުގެ އެކިއެކި ވުޒާރާތަކުންނާއި ކުންފުނިތަކުން ދެމުން ގެންދާ ހިދުމަތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސްޓެލްކޯއިން ވަނީ ކަރަންޓް ބިލް އެސްއެމްއެސް މެދުވެރިކޮށް ފޮރުކޮށްދިނުމަށް ނިންމާފައެވެ. އަދި ކަރަންޓް ބިލާއި ފެން ބިލް އޮންލައިންކޮށް ދެއްކުމަށް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: