ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19:ގިނަ ބަޔަކު ޓެސްޓުކޮށް، ބަލި ޖެހޭ މީހުން އަވަހަށް ދެނެގަނެވި، އެމީހުން އެކަހެރި ކުރުން އިތުރު ކުރަން ޖެހޭ:ޑަބްލިޔުއެޗްއޯ

ކޮރޯނާ ވައިރަސްަކީ ބަލާއާފާތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން  ކޮވިޑް 19އަށް ގިނަ ބަޔަކު ޓެސްޓުކޮށް، ބަލި ޖެހޭ މީހުން އަވަހަށް ދެނެގަނެ އެމީހުން އެކަހެރި ކުރުން އިތުރު ކުރަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއީއްޔާއިން ބުނެފިއެވެ. 

ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ މި ބަލީގެ ނުރައްކާ ވަރަށް ބޮޑުކަން ޑަބްލިއުއެޗްއޯ ވަނީ ހާމަކޮށްފައެވެ. 

ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ބަލޮ ފެތުރުން މިހާރަށްވުރެ އިތުރުވެ ދުނިޔެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯއިން ދީފައި މިވަނީ ދުނިޔޭގައި ކޮވިޑް-19 ފެތުރޭ ބާރުމިނަށް ބަލެމަށް ފަހުއެވެ. އެގޮތުން މިބަލި 100،000 މީހުންނަށް ޖެހެން 67 ދުވަސް ނެގި އިރު 200،000 އަށް މީހުންނަށް ބަލި ޖެހިފައިވަނީ 11 ދުވަހުންނެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ އަދަދު 300،000 އަށް އަރާފައިވަނީ އެންމެ ހަތަރު ދުވަހުންކަމަށް ޑަބްލިއުއެޗްއޯން ވަނީ ފާހަގަކޮށްފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް ގެއިން ބޭރަށް ނުނިކުތުމަށާއި، ވީހާވެސް ގިނަ ބަޔަކު ބައްޔަށް ޓެސްޓު ކުރުމަށް އެދިފައެވެ. އަދި ގިނަ މީހުން އެއްތަން ނުވުމަށްވެސް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުންވެސް ސިއްހީ ވަސީލަތްތައް މަދުވުމާއި، ސިއްހީ މާހިރުން މި ބަލީގައި މަރުވާ އަދަދާއި މެދު އެ އިދާރާއިން ވަނީ ކަންބޮޑުވެފައެވެ. އަދި ބަލި ކޮންޓްރޯލް ނުވެ ކަމާއި ގުޅުންހުރި މާހިރުން މި ނުރައްކާތެރި ބަލީގައި މަރުވަމުން ދިއުމަކީ ބަލި ކޮންޓްރޯލް ކުރުމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް ދުނިޔޭގެ ސިއްހީ އޮދާރާއިން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: