ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއޭއީގައި ވައިރަހަށް ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ދިވެއްސެއް!

ޔޫއޭއީގައި ވައިރަހަށް ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ދިވެއްސެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި، ކޮރޯނާ ވައިރަސްއަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އަލަށް ފެނުނު 50 މީހުންގެ ތެރޭގައި އެއް ދިވެއްސަކު ހިމެނޭކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ޕްރިވެންޝަންއިން ހާމަކޮށްފިއެވެ.

އެ ގައުމުގައި ކޮރޯނާވައިރަހަށް އަލަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ރާއްޖެއާ އެކު މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގެ މީހުން ވެސް ހިމެނެ އެވެ. ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ބުނެފައިވަނީ ވައިރަހަށް ޕޮޒިޓިވް ވީ ގިނަ މީހުންނަކީ މީގެ ކުރިން އެ ގައުމުން ކޮރޯނާއަށް ޕޮޒިޓިވް ވީ މީހުންނާއި ބައްދަލުވެ، ކޮންޓެކްޓުވެފައިވާ މީހުން ކަމަށެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި އެހެން ގައުމުތަކުން، ޔޫއޭއީއަށް އެތެރެވީ މީހުންވެސް ހިމެނެއެވެ.

ރާއްޖޭގެ މީހާ ހިމެނެނީ އޭގެ ތެރެއިން ކޮން ބައެއްގައިކަމެއް އަދި ސާފެއް ނުވެއެވެ. އަދި އޭނާއެއީ އެ ގައުމުގައި ދިރިއުޅޭ މީހެއްކަމެއް ވެސް އަދި އެ ގައުމުން ހާމައެއް ނުކުރެއެވެ.

މިއަދު ފެނުނު 50 ކޭސްއާއި އެކު ޔޫއޭއީގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 248 އަށް އަރާފައެވެ. އަދި އެ ގައުމުން 45 މީހަކު ވަނީ ފަރުވާ ދީ ރަނގަޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: