ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ޝިޕިންލައިންގެ ފުރަތަމަ ބޯޓު އަންނަ ހަފުތާގައި ރާއްޖެ އަންނަނީ

އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަނީ. ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން(އެސްޓީއޯ) ގެ ޝިޕިންލައިންގެ ފުރަތަމަ ބޯޓު ކުރިއަށްއޮތް ހަފްތާގައި ރާއްޖެއަށް ބަނދަރުކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އެހެން ވިދާޅުވުމާއެކު، އެސްޓީއޯއިން ވަނީ، އެ ކުންފުނީގެ ދަށުން ހިންގަމުންއަންނަ ކުންފުނިތަކުގެތެރެއަށް މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެމްއެސް) އިތުރުކުރެވުނުކަން ހާމަކޮށްފައެވެ.

https://twitter.com/stoplc/status/1242856896903725056?s=20

މީގެ އިތުރުން، ރައީސް ޞާލިޙްގެ ވާހަކަފުޅުގައިވާ ފަދައިން، އެސްޓީއޯއިން ބުނީ، ދިވެހިރާއްޖޭގެ އެތެރޭގެ ޝިޕިން އިންޑަސްޓްރީ ދިރުވައި އާލާކުރުމުގެގޮތުން ފުރަތަމަ ގެންނަ ކޮންޓެއިނާ ބޯޓު ކުރިއަށްއޮތް ހަފުތާތެރޭގައި ރާއްޖެއަށް ބަނދަރުކުރާނޭކަމަށެވެ.

އަންނަ ހަފުތާގައި ގެނައުމަށް ހަމަޖެހިފައިވާ މި ކޮންޓެއިނާ ބޯޓުގެ ދަތުރުތައްކުރާނީ އަވަށްޓެރި ސްރީލަންކާއާއި ދިވެހިރާއްޖެއާއި ދެމެދުގައެވެ. މި ޝިޕިންލައިނާއެކު، ރާއްޖެއަށް މުދާގެންނަން އިތުރު ފަސޭހަތަކެއްވެގެންދާނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: